13 ޑިސެމްބަރ 2018 ( ބުރާސްފަތި )

banner

ރިއާސީ އިންތިޚާބު 2018: ފުވައްމުލަކުގެ ވޯޓުލުމުގެ ހައްގުލިބިފައިވަނީ 8789 މީހުންނަށް

މިމަހު 4 ވަނަ ދުވަހު އިލެކްޝަންސް އިން ހާމަކުރި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ރެޖިސްޓްރީގައިވާ ގޮތުން، ފުވައްމުލަކު ރައްޔިތުންގެ ތެރެއިން ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 8789 މީހުންނަށެވެ. އެއީ މިދިޔަ ޖޫންމަހު އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ލިސްޓަށްވުރެ 34 މީހުން މަދު އަދަދެކެވެ.

ފުވައްމުލަކު ރައްޔިތުން ވޯޓުލުމަށް ރަޖިސްޓްރީ ވެފައިވާ ވޯޓު ފޮށިތަކަށް ބަލާއިރު އެންމެ ގިނަ މީހުން ރަޖިސްޓްރީވެފައިވަނީ ފުވައްމުލަކުގެ މެދު އަދި ދެކުނު ދާއިރާގެ ރައްޔިތުން ވޯޓުލުމަށް މާލޭގައި ބެހެއްޓޭ R02.0.1 ވޯޓު ފޮއްޓަށެވެ. މި ފޮއްޓަށް 1011 މީހުން ރަޖިސްޓްރީވެފައިވާއިރު މިއަދަދަކީ އާންމުކޮށް ދެ ވޯޓު ފޮށި ބަހައްޓާ އަދަދެކެވެ. އެހެންކަމުން މިފޮއްޓަށް ވޯޓުލުމަށް އަންނަ ގިނަ ބަޔަކު ކިއޫގައި ޖެހެން ޖެހިދާނެކަމަށާއި، މިފޮއްޓަށް ވޯޓުލުމަށް ރަޖިސްޓްރީ ކުރެވިފައިވާ ރައްޔިތުން ވޯޓުލާ ނިމެން ގިނަ އިރުތަކެއް ނަގާނެކަމަށް މިދާއިރާގެ ތަޖުރިބާކާރުން ހާމަކުރެއެވެ.

ކުރިން މިދެދާއިރާގެ ރައްޔިތުން ވޯޓުލުމަށް 2 ފޮށި ވަކިން ބެހެއްޓުނު ނަމަވެސް ފަހަކަށްއައިސް މިދެވޯޓު ފޮށިއެއްކޮށް އެއްފޮށި ބަހައްޓާފައިވެއެވެ. ފާއިތުވީ 10 އަހަރު ތެރޭވެސް މި ވޯޓުފޮއްޓަށް ވޯޓުލާ މީހުންގެ ތެރެއިން އެންމެ ގިނަ މީހުން ވޯޓުލާފައިވަނީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނަށެވެ.

ފުވައްމުލަކު ރައްޔިތުން ވޯޓުލުމަށް ބެހެއްޓޭ ޚާއްސަ 12 ވޯޓު ފޮށީގެ އިތުރުން އެންމެ ގިނަ ފުވައްމުލަކު ރައްޔިތުން ވޯޓުލުމަށް ރަޖިސްޓްރީ ވެފައިވަނީ ހުޅުމާލޭގައި ދިރިއުޅުއްވާ އެހެނިހެން ރަށްރަށުގެ ރައްޔިތުން ވޯޓުލުމަށް ބެހެއްޓޭ YT.0.8 ނަމްބަރު ވޯޓުފޮއްޓަށެވެ. މި ވޯޓު ފޮއްޓަށް ވޯޓުލުމަށް 350 ފުވައްމުލަކު ރައްޔިތުން ރަޖިސްޓްރީކޮށްފައިވެއެވެ.

banner


ކިޔުންތެރިންގެ ޚިޔާލު