14 ޑިސެމްބަރ 2019 ( ހޮނިހިރު )

ތިންހާސް މެމްބަރުން ހަމަނުވާ ޕާޓީ އުވާލާ 10 ހާސް ހަމަނުވާ ޕާޓީތަކަށް ފައިސާނުދޭން ހުށަހަޅައިފި

ތިން ހާސް މީހުން ހަމަނުވާ ޕާޓީތައް އުވޭ ގޮތަށާއި 10،000 މެމްބަރުން ހަމަ ނުވާ ޕާޓީތަކަށް ދައުލަތުން ފައިސާ ދޭން ނުޖެހޭ ގޮތަށް، ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ. މިއިސްލާހު ހުށަހަޅާފައި ވަނީ ސަރުކާރުގެ ފަރާތުން މާވަށު ދާއިރާގެ މެމްބަރުން އަޒްހާން ފަހްމީ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުގައި 14 ޕާޓީ ރަޖިސްޓްރީވެފައިވާ އިރު 3000 މީހުންގެ އަދަދު ހަމަވަނީ އެންމެ 7 ޕާޓީގައެވެ. އޭގެތެރެއިން 10 ހާސް ހަމަވަނީ އެންމެ 5 ޕާޓީގައެވެ. އެއީ އެމްޑީޕީ، ޕީޕީއެމް، ޑީއާރުޕީ، ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީއެވެ.

މިހާރު 14 ޕާޓީ ރަޖިސްޓްރީވެފައިވާ އިރު މިދިޔަ އަހަރު ފެށުނު އިރު 16 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީވެފައެވެ. އެއިގެ ތެރެއިން ދެޕާޓީއެއް މިދިޔަ އަހަރު އުވާލާފައިވެއެވެ. އެއީ މޯލްޑިވްސް ރިފޯމް މޫވްމަންޓް އާއި ޤައުމީ އިއްތިޙާދުން ޕާޓީ އެވެ. އަދި މިދިޔަ އަހަރު ހުށަހަޅަން ޖެހޭ 2013 ވަނަ އަހަރުގެ އޯޑިޓް 8 ޕާޓީއަކުން ހުށަނައަޅާ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ކުރިން ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ޚިޔާލު