A wide advertisement which will be shown on all devices. (700 x 100)

އެމްޖޭއެމް އަށް ތިން މިލިއަން ރުފިޔާ ޖަޕާނުން ހަދިޔާކޮށްފި

އެރ

އެމްޖޭއެމްގެ ކްލާސްރޫމްތައް އަޅައި އެތަން ބޮޑު ކުރުމަށް ތިން މިލިޔަން ރުފިޔާގެ އެހީ ޖަޕާނު ސަރުކާރުން ދީފި އެވެ. މިއެހީ ދަށުން އެމްޖޭއެމްގައި އަށް ކްލާސްރޫމް ހިމެނޭ ދެ ބުރީގެ އިމާރާތެއް އަޅައި އެތަންތަނަށް ބޭނުންވާ ފެންވަރު ރަނގަޅު ވަސީލަތްތައް ވެސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މިއެހީ ފޯރުކޮށް ދީފައިވަނީ ޖަޕާނު ސަރުކާރުން ހިންގާ އެސިސްޓެންސް ފޯ ގްރާސްރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް ސްކީމް ( ޖީޖީޕީ)ގެ ދަށުން ކަމަށެވެ.

ޖަޕާން އެމްބަސީން އެކަމާ ބެހޭ ގޮތުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެހީ ދިނުމުގެ މަގުސަދަކީ ކުދިންނާ ރަހުމަތްތެރި މާހައުލެއްގައި ތައުލީމު ލިބުމުގެ ހައްގު ހަގީގަތަކަށް ހެދުމަށް ޓަކައި އެކަށީގެންވާ ސްކޫލެއް އިމާރާތް ކުރުން ކަމަށެވެ. ޖަމާލުއްދީން މަދުރަސާގެ މަޝްރޫއު އެކުލަވާލާފައި ވަނީ ޖަޕާން އޯވަސީސް ކޯޕަރޭޝަން ވޮލަންޓިއާ (ޖޭއޯސީވީ) އާއި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ ( ޖައިކާ) އާއި ގުޅިގެން ކަމަށެވެ.

އަންނަ އަހަރު އާ ކަރިކިއުލަމަށް ކިޔަވައިދޭން ފަށާއިރު އާ އިމާރާތެއް ލިބުމަކީ ސްކޫލަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެމްޖޭއެމްގެ ޕްރިންސިޕަލް އާރިފާ އަބްދުލް މަޖީދު ވިދާޅުވިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !