22 ޖުލައި 2019 ( ހޯމަ )

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރަމުންދާކަމުގެ ތުހުމަތުގައި ފުވައްމުލަކުން މީހަކު އިއްޔެ ހައްޔަރު ކޮށްފިއެވެ. ފުލުހުންގެ ބެލުމުގެ ދަށަށް އިއްޔެ ގެނގޮސްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނަކެވެ.

ފުވައްމުލަކުގައި ހުންނަ ފެމިލީ އެންޑް ޗިލްރަންސް ސަރވިސްއިން ފުލުހުންނަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން 37 އަހަރުގެ ފިރިހެނަކުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމަށް ފުލުހުން ހާމަކުރެއެވެ. މިމައްސަލަ މިހާރު ދަނީ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
މިކަލް ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ އެންއެންޑީއެފްގެ ސާޖެންޓެއްކަމަށެވެ. އަދި އެމީހާ އެއީ ފުވައްމުލަކު މީހަކާއި އިދެގެން ފުވައްމުލަކުގައި ދިރިއުޅޭ ގދ.މަޑަވެލި މީހެކެވެ.


ކިޔުންތެރިންގެ ޚިޔާލު