A wide advertisement which will be shown on all devices. (700 x 100)

ޖިހާދަށް ދިޔަ އަހުމަދު މުންސިއު (މޮޗޯ) މަރުވެއްޖެ

އަހުމަދު މުންސިއު (މޮޗޯ)- ފޮޓޯ ފެސްބުކް

ޖިހާދަށް ކަމަށް ބުނެ ސީރިއާއަށް ދިޔަ ޏ.ފުވައްމުލަކު އައިރީ، އަހުމަދު މުންސިއު (މޮޗޯ) މަރުވެއްޖެ ކަމަށް މޮޗޯގެ އާއިލާ އާއި ހަވާލާދީ މިކަލް ނޫހަށް ވަރަށް އިތުބާރު ހުރި ފަރާތަކުން ކަށަވަރު ކޮއްދީފިއެވެ.

އަޙްމަދު މުންސިއު ނުވަތަ މޮޗޯ މަރުވެފައިވަނީ އައިއެސް ގެ ހަގުރާމާގައި މި މާރޗް މަހުގެ 18 ވަނަ ދުވަހުގައެވެ.

މިދިޔަ އަހަރު އޮކްޓޫބަރު މަހުގައި މޮޗޯ އާއި އެނާގެ އަންހެނުން ސުމާ އަލީ، ކައިވެންޏަށް އެންމެ އަހަރެއްވެސް ނުވަނީސް ޖިހާދަށް ދިޔައީ، އެ ދެމަފިރިންގެ ޅަފަތުގައިވާ ކައިވެނީ ގެ ހަޔާތުގެ އުފާވެރިކަމަށް މިމުޖްތަމަޢުގެ ފަސާދަވެރިކަމާ ނުބައިކަން ހުރަސް އަޅަމުން ދާކަމަށް ބުނެެއެވެ.

އަދި އެބާއްޖަވެރި ކައިވެނީގެ ބަރަކާތުން އެދެމަފިރިން އިންދާއޮށުން ފަޅާގަސް އެއީ މިފަދަ ފަސާދައިން ފުރިފައިވާ ބިމަކުން ފަޅާ ގަހަކަށް ވުމަށް ނޭދޭތީ އާއި ކިތަންމެ ސާފު ފެނެއް އެގަހަށް ދިންކަމުގައި ވިޔަސް، ތަޣައްޔަރުވެފައިވާ ބިމަކުން އެގަހައް ލިބޭ ނުބައި ކާނާޔާ، ވިހަ ޖައްވަކުން އެގަހަށްލިބޭ ވިހަވައިގެ ސަބަބުން އެގަހަކީ ޅަފަތުގައި މަރުވެފައިވާ ގަހަކަށް ވެދާނެކަމުގެ ބިރު އެދެމަފިރިންނަށް ހީވަމުން އެ ދަމަފިރިންގެ ކައިވެނި ބާއްޖަވެރި ކުރުމަށް ކަމަށް ބުނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !