21 ޖެނުއަރީ 2020 ( އަންގާރަ )

ހިސްޓޯ އަނެއްކާވެސް ޕީޕީއެމް އަށް ސޮއިކޮށްފި

ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު ޝިފާގު މުފީދު (ހިސްޓޯ) އަނެއްކާވެސް ޕީޕީއެމް އަށް ސޮއިކޮށްފިއެވެ. ކުރިން ވެސް ޕީޕީއެމްގައި ހުންނެވުމަށް ފަހު، މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި ޝިފާގް އަލުން ޕީޕީއެމަށް ސޮއިކުރެއްވީ މީގެ މިއަދު މުލީއާގޭގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އޭނާ ވަނީ ޕީޕީއެމަށް ސޮއިކުރެއްވުމަށް ފަހު، ރައީސް އަބްދުﷲ ޔާމީނާ ފޯމް ހަވާލު ކުރައްވައިފަ އެވެ.

ޕާޓީ ބަދަލު ކުރުމުގެ މާޒީއެއް އޮތް ހިސްޓޯ މަޝްހޫރުވެގެން ގޮސްފައިވަނީ އެމްޑީޕީގެ ފަރާތުން މަޖިލިހާށް ހޮވުމާއި ގުޅިގެންނެވެ. އެއަށްފަހު އެމްޑީޕީގެ ވެރިކަން ވެއްޓުމާއިއެކު ޕީޕީއެމް އަށް ބަދަލުވުމަށްފަހު މިދިޔަ ރިއާސީ އިންތިޚާބުގެ ތެރޭގައި ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަތެވެ.


ކިޔުންތެރިންގެ ޚިޔާލު