14 ޑިސެމްބަރ 2019 ( ހޮނިހިރު )

އާތުއަވަރ ފާހަނގަ ކުރުމުގެ ގޮތުން ބައިސްކަލް ބުރަކާއި ހަރަކާތްތަކެއް ބާއްވަނީ

މުޅިދުނިޔޭގައި ފާހަނގަކުރަމުން އަންނަ އާތުއަވަރ ފުވައްމުލަކުގައި ފާހަނގަކުރުމުގެ ގޮތުން ހޮނިހިރު ދުވަހު ހާއްސަ ހަރަކާތްތަކެއް ދިވެހި ރެޑް ކްރެސެންޓް ޏ.ބްރާންޗާއި އާއި ސަދަން ސުކައުޓް ގުޅިގެން ބޭއްވުމަށް ތައްޔާރުވަމުން އެބަދެއެވެ.
އާތު އަވަރ ފާހަނގަކުރުމުގެ ގޮތުން 28 މާރޗް ވާ ހޮނިހިރު ދުވަހު ހަވީރު ބައިސްކަލް ބުރެއް ޖެހުމާއި ރޭގަނޑު އުއްބައްތި ދިއްލައިގެން ހަރަކާތެއް ހިންގުމާއި ސަރުކާރުގެ ހުރިހާ އޮފީސްތަކާއި ކުންފުނިތައް އަދި ގިނަ ފިހާރަތަކެއް އެރޭ 8:30 އިން 9:30 އަށް ބޮކި ނިއްވާލުން ހިމެނެއެވެ. ބައިސްކަލް ބުރު ފެއްޓުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު 4:30 ގައި ރަސްގެފަންނު އިންނެވެ. އަދި އުއްބައްތި ދިއްލައިގެން ހާއްސަ ހަރަކާތެއް ހިންގުމަށް ހަމެޖެހިފައިވަނީ ކުރިކެޓް ސްޓޭޑިއަމްގައި ހަމަ އެރޭ 8:30 ގައެވެ.
މިހަރަކާތްތައް ފެއްޓުމުގެ ގޮތުން މިއަދު ސަރުކާރުގެ އޮފީސްތަކާއި ކުންފުނި ތަކުން އާތުއަވަރގެ ހާއްސަ ހަރަކާތުގައި ހިމެނޭ ހަކަތަ ބޭނުންކުރުން މަދުކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރުން އޮތެވެ. މިރަސްމިއްޔާތުއޮތީ އަތޮޅު ކައުންސިލްގެ ކުރުދުމާ މާލަމުގައެވެ.
ހޮނިހިރުދުވަހުގެ ހަރަކާތްތަކުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ދިވެހި ރެޑް ކްރެސެންޓް ޏ.ބްރާންޗާއި އާއި ސަދަން ސުކައުޓް އިން އެދިލައްވައެވެ.


ކިޔުންތެރިންގެ ޚިޔާލު