14 ޑިސެމްބަރ 2019 ( ހޮނިހިރު )

ގދ.ތިނަދޫގައި މިމަހު 23-26އަށް ކުރިއަށްދިޔަ މަކީޓާ 8 ވަނަ އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިޕުގެ ތެރެއިން: ފޮޓޯ:އެތުލެޓިކްސް އެސޯސިއޭޝަން

މަކީޓާ 8 ވަނަ އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިޕްގެ ފިރިހެން ބައިން 1 ވަނަ ޏ. އަތޮޅު ތަޢުލީމީ މަރުކަޒު

މާރޗް 23 އިން 26 އަށް ހުވަދު އަތޮޅު ތިނަދޫގައި ކުރިއަށް ދިޔަ މަކިޓާ 8 ވަނަ އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިޕްގެ ފިރިހެން ބައިން 1 ވަނަ ޏ. އަތޮޅު ތަޢުލީމީ މަރުކަޒު ހޯދައިފިއެވެ. މިކަސްރަތު މުބާރާތުގެ އަންހެން ބައިން 1 ވަނަ ހޯދައިފައިވަނީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒު ހޯދައިފިއެވެ.

ފިރިހެން ބައިން 1 ވަނަ ޏ. އަތޮޅު ތަޢުލީމީ މަރުކަޒު ހޯދި އިރު 2 ވަނަ ހޯދީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. އަދި 3 ވަނަ ހޯދީ ގދ. އަތޮޅު މަދަރުސާއެވެ. އަންހެން ބައިން 1 ވަނަ ގދ. އަތޮޅު ތަޢުލީމީ މަރުކަޒު ހޯދިއިރު، މިބައިން 2 ވަނަ ހޯދީ ޏ. އަތޮޅު ތައުލީމީ މަރުކަޒެވެ. އަދި 3 ވަނަ ހޯދީ ހުވަދޫ ސްކޫލެވެ.

ފުވައްމުލަކު ހަތަރު ސުކޫލުން ބައިވެރި މިމުބާރާތުގެ 13 އަހަރުން ދަށުގެ ފިރިހެން ބައިން 1 ވަނަ ފުވައްމުލަކު ހާފިޒް އަޙްމަދު ސްކޫލް ހޯދިއިރު މިޢުމުރުފުރާގެ އަންހެން ބައިން 1 ވަނަ ހޯދީ ގދ. ފަރެސް މާތޮޑޫ ހުވަދޫ ސްކޫލެވެ. 16 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން 1 ވަނަ ވެސް ހޯދީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. 19 އަހަރުން ދަށުގެ ފިރިހެން 1 ވަނަ ޏ. އަތޮޅު ތަޢުލީމީ މަރުކަޒު ހޯދިއިރު އަންހެން ބައިން 1 ވަނަ ހޯދީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒެވެ.

މިމުބާރާތުގެ، 13 އަހަރުން ދަށުގެ ފިރިހެން މޮޅު އެތުލީޓަކަށް ވެސް ހޮވިފައިވަނީ ހާފިޒް އަޙްމަދު ސްކޫލްގެ ހުސައިން ސުޢޫދު ޢަލީއެވެ. އަދި 16 އަހަރުން ދަށުގެ ފިރިހެން މޮޅު އެތުލީޓަކަށް ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މުޙައްމަދު ޝަޒީން ޖިހާދު ހޮވުނެވެ.


ކިޔުންތެރިންގެ ޚިޔާލު