16 ޑިސެމްބަރ 2018 ( އާދީއްތަ )

banner

ކަރަންޓްގެ އަގު އުފުލުން: ތަކެތީގެ އަގުބޮޑުވެ ވަޒީފާއިން މީހުން ވަކިކުރަން ޖެހިދާނެ – ވިޔަފާރިވެރިން

ސަބްސިޑީޒް ނުލިބި ފިއުލް ސާޗާޖް ކަރަންޓް ބިލުގައި ހިމެނުމުގެ ސަބަބުން ކަރަންޓް ބިލަށް ދައްކަން ޖެހޭ އަދަދު އާދަޔާ ޚިލާފަށް އުފުލިފައިވާތީ، ވިޔަފާރިތަކަށް ލިބޭ ގެއްލުން ފޫބެއްދުމަށް، މުދަލުގެ އަގު އުފުލުން ނުވަތަ މުވައްޒަފުންތަކެއް ވަޒީފައިން ވަކި ކުރަން ޖެހިދާނެ ކަމަށް ބުނެ ފުވައްމުލަކު ވިޔަފާރިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިގޮތުން ފުވައްމުލަކު ވިޔަފާރިވެރިން ވެސް ވަނީ ކަރަންޓުގެ އަގުބޮޑުވުމާއި ގުޅިގެން އެމީހުންގެ ހުރި ކަންބޮޑުވުންތަށް ރައީސް ޔާމީންގެ ސަމާލުކަމަށް ގެނައުމައްޓަކައި ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް މިހާރު ފަށާފައިއެވެ.

މި ޕެޓިޝަނާއި ބެހޭގޮތުން މިކަލް ނޫހާއި ވާހަކަ ދައްކަމުން ފުވައްމުލަކު ވިޔަފާރިވެރިއަކު ބުނިގޮތުގައި، މި ޕެޓިޝަނުގައި ސޮއިކުރުން މިއަދުގެ ނިޔަލަށް ކުރިއަށް ގެންދާނެކަމަށެެވެ.

“އަޅުގަޑުމެން މި ޕެޓިޝަނާއި އެކު މާދަމާ ފުވައްމުލަކު އަތޮޅު ކައުންސިލް އާއި ބައްދަލުކުރާނަން، މި ބައްދަލުވުމުގައި، އަތޮޅު ކައުންސިލުން އަޅުގަޑުމެންގެ މި މަސައްކަތަށް އެއްވެސް އެއްބާރުލުމެއް ދެވެން އޮތްތޯ އޮޅުންފިލުވާނަން” ފުވައްމުލަކު ވިޔަފާރި ވެރިޔަކު ބުންޏެވެ.

އިތުރަށް މި ވިޔަފާރިވެރިޔާ ބުނިގޮތުގައި އަތޮޅު ކައުންސިލް އާއި ބައްދަލު ކުރުމަށްފަހު މި ޕެޓިޝަނާއި އެކު ފެނަކަ ކޮޕަރޭޝަން އާއި ބައްދަލުކުރާނެ ކަމަށެވެ. އަދި މި ބައްދަލުވުމަށް ފަހު ކަރަންޓުގެ މައްސަލައަށް ހައްލެއް ނުލިބިއްޖެނަމަ އިތުރު މަސައްކަތްތަކެއް ކުރައްވާނެކަމަށެވެ.

ފުވައްމުލަކު ވިޔަފާރި ކުރާ ތަންތަނުގެ، ނިމިދިޔަ މާރޗް މަހުގެ ކަރަންޓް ބިލް %50 އިންސައްތައް ވަނީ ބޮޑުވެފައެވެ. މި ގޮތުން 8200ރ ކަރަންޓް ބިލަށް ދައްކަމުން އައި ފިހާރަތަކުން 12700ރ، އަދި 2500ރ ކަރަންޓް ބިލަށް ދައްކަމުން އައި ފިހާރަތަކުން 3875ރ އާއި ގާތްކުރާ އަދަދެއް މާރޗް މަހުގެ ބިލުން ބޮޑުވެފައިވާ ކަމަށް ފުވައްމުލަކު ވިޔަފާރުވެރިން އިސްނަގައިގެން ކުރިޔަށް ގެންދާ ޕެޓިޝަނުގައި ފާހަނގަ ކޮށްފައިއެވެ.

މިކަމާއި ގުޅޭ ގޮތުން މިކަލް ނޫހާޢި ވާހަކަ ދެއްކި ވިޔަފާރިވެރިޔާ ބުނިގޮތުގައި ފެނަކަ ކޯޕަރޭޝަން އިން ދަނީ މި މައްސަލަ ވަރަށް ބޮޑަށް އޮޅުވާލުމަށް މަސައްކަތް ކުރަމުން ކަމަށެވެ. މިގޮތުން ކުޅުދުއްފުށި ފަދަ އަތޮޅުތަކުގެ ވާހަކަ ފެނަކައިން ދައްކަމުން ގެންދާ ކަމަށެވެ.

“ނަމަވެސް ހަޤީގަތަކީ ފެނަކަ ކޯޕަރޭޝަން ހިމެނޭ ފުވައްމުލަކާއި އައްޑޫ ސިޓީގެ ވިޔަފާރިވެރިން އަތުން، ފިއުލް ސާރޗާޖް ނަގަމުން ދިޔަ އިރު ކުޅުދުއްފުއްޓާއި އެހެނިހެން އަތޮޅުތަކުގެ ވިޔަފާރިވެރިންގެ އަތުން ފިއުލް ސާރޗާޖް ނުނަގާ އަދި ސަބްސިޑީ ދެމުން ގެންގޮސްފައިވެއެވެ. އަދި ފިއުލް ސާރޗާޖް ނަގާފައި ސަބްސިޑީޒް ނުލިބި ކުރިން ދައްކަމުން އައި ކަރަންޓު ބިލަށް މިހާބޮޑު އަދަދެއް އިތުރުވުމުން، ކަންބޮޑުވޭ” ވިޔަފަރިވެރިޔާ ބުންޏެވެ.

ފިއުލް ސާރޗާޖް ސަރުކާރަށް ދައްކަމުން، އަދި ސަބްސިޑީޒް ނުލިބި ދައްކަމުން އައި ބިލަށް މިހާބޮޑު އަދަދެއް އިތުރުވުމުން، ވިޔަފާރިތަކަށް ލިބޭ ގެއްލުން ފޫބެއްދުމަށް، މުދަލުގެ އަގު އުފުލުން ނުވަތަ މުވައްޒަފުންތަކެއް ވަޒީފައިން ވަކި ކުރަން ޖެހިދާނެކަމަށް ފުވައްމުލަކު ވިޔަފާރިވެރިން ކަންބޮޑުވުމާއި އެކު ދަނީ ހާމަކުރައްވަމުންނެވެ.

އަދި މިކަމުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނީ ފުވައްމުލަކުގެ އާންމު ރައްޔިތުންނަށް ކަމަށްވެސް ފުވައްމުލަކު ވިޔަފާރިވެރިން ހާމަކުރައްވައެވެ. މިހެންކަމުން ކަރަންޓް އަގުބޮޑުވުމާއި އެކު ތަކެތީގެ އަގުބޮޑުވެ ރައްޔިތުން ހަނާވެގެންދާނެކަން ޔަގީނެވެ.

banner

ކިޔުންތެރިންގެ ޚިޔާލު