ރިޝްމާ އަބްދުﷲ
ފުވައްމުލަކު ޕޮލިސް ސްޓޭޝަނާއި ގުލްފިޓް ގުޅިގެން ޚާއްސަ ޒުމްބާރ ސެޝަނެއް ފުވައްމުލަކު ސްޓޭޑިއަމްގައި ކުރިއަށް ގެންގޮސްފި އެވެ.
ފުވައްމުލަކު މައިލޯ ސްޓޭޑިއަމްގައި އޭޕްރީލް 4 ވަނަ ދުވަހު ހިންގި މި ޕްރޮގްރާމުގައި ބައިވެރިވެފައިވަނީ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގައި ހިންގާ ކަސްރަތު ކްލާހުގެ ބައިވެރިންނާއި އަދި އެ ސްޓޭޝަނުގައި މަސައްކަތް ކުރާ ފުލުހުންނާއި ޢާއްމު ރައްޔިތުންނެވެ.
މި ސެޝަނުގައި ޒުމްބަރީ އަކީ ކޮން އެއްޗެއްކަން ބުނެދިނުމާއި، ތަފާތު ހަރަކާތްތައް ކުރިއަށް ދާނެ ގޮތް ދަސްކޮށްދީފައިވެއެވެ.
ފުވައްމުލަކު ޕޮލިސް ސްޓޭޝަނާއި ގުލްފިޓް ގުޅިގެން ހިންގި މި ޕްރޮގްރާމުގައި ފުވައްމުލަކުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.
+1
+1
ޚިޔާލުތައް