A wide advertisement which will be shown on all devices. (700 x 100)

ހަކުރު ބައްޔަށް ސްކްރީން ކުރުމުގެ ކޭމްޕެއް ފުވައްމުލަކުގައި ބާއްވައިފި

ހަކުރު ބައްޔަށް ސްކްރީން ކުރުމަށް ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ ކޭމްޕްގެ ތެރެއިން، ފޮޓޯ:ޕޮލިސް

ޑައިބެޓިކް ސޮސައިޓީ އޮފް މޯލްޑިވްސް އާއި ފުވައްމުލަކު ޕޮލިސް ސްޓޭޝަނާއި ގުޅިގެން ހަކުރު ބައްޔަށް މީހުން ސްކްރީންކޮށް މަޢުލޫމާތު ދިނުމުގެ ކޭމްޕެއް ފުވައްމުލަކު ގައި ކުރިއަށް ގެންގޮސްފިއެވެ. މި ކޭމްޕް ކުރިއަށް ގެންގޮސްފައި ވަނީ މި އެޕްރީލް މަހު 1 އިން 4 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ކޭމްޕުގައި ފުވައްމުލަކުގައި ދިރިއުޅެމުންދާ ރައްޔިތުން ހަކުރު ބައްޔަށް ހޭލުންތެރިކުރުމާއި ހަކުރު ބައްޔާ ގުޅުންހުރި މަޢުލޫމާތު ދިނުމުގެ އިތުރުން ހަކުރު ބަލި ހުރި މީހުންނާއި ހަކުރު ބަލި ޖެހުމުގެ ފުރުސަތު ބޮޑު މީހުން ދެނެގަނެ ހަކުރު ބަލި ޖެހިފައިވާ މީހުންނަށް ދިރިއުޅުމުގެ އާދަ ބަހައްޓަންވީ ގޮތުގެ ކައުންސިލް ދިނުމާއި ހަކުރުބަލި ޖެހުމުގެ ފުރުސަތު ބޮޑު މީހުންނާއި ފުރުސަތު ހަނި މީހުންނަށް ބަލިން ރައްކާތެރިވާނެ ގޮތުގެ އިރުޝާދު ދީފައިވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !