14 ނޮވެމްބަރ 2018 ( ބުދަ )

banner

ސިއްހަތު ދުވަސް ފާހަގަކުރުމުގެ ހަރަކާތުގެ ތެރެއިން

ދިވެހި ރެޑް ކްރެސެންޓާއި ފުވައްމުލަކު ހޮސްޕިޓަލް ގުޅިގެން ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް

ރިޝްމާ އަބްދުﷲ

ދިވެހި ރެޑް ކްރެސެންޓް ޏ. ބްރާންޗާއި ފުވައްމުލަކު ހޮސްޕިޓަލް ގުޅިގެން ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހަރަކާތްތަކެއް ހިންގައިފިއެވެ.

ދިވެހި ރެޑް ކްރެސެންޓް ޏ.ންރާންޗް އިން ވިދާޅުވީ ބައިނަލް އަގުވާމީ ސިއްހަތު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހިންގި ހަރަކާތުގައި ގިނަ ދުވަސްތަކެއް ވަންދެން ބަލިހާލަތު ހުރިގޮތުން އެނދުގައި ތިބޭ ބަލިމީހުންނަށް ހޮސްޕިޓަލާއި ދިވެހި ރެޑް ކްރެސެންޓްގެ ޓީމެއް ޒިޔާރަތްކޮށް ބަލިމީހުންނަށް ހަދިޔާދީފައިވެއެވެ. އަދި މީގެ އިތުރުން ބަލިމީހުން ބެލުމަށް މިޓީމްގައި ޑޮކްޓަރުންވެސް ހަރަކާތްތެރިވެ ބަލިމީހުން ބަލާފައިވެއެވެ. އަދި މިޓީމްއިންވަނީ ގައިބާރު ދެރަވެ ހިނގާ ބިގާ ނޫޅެވޭ މީހުންގެ ގޭގެއަށް ޒިޔާރަތްކޮށް އެމީހުންގެ ހާލު ބަލާ ފަރުވާދޭންޖެހޭ ބަލި މީހުންނަށްވެސް ފަރުވާ ދީފައިވެއެވެ.

ދިވެހި ރެޑް ކްރެސެންޓް ޏ. ބްރާންޗާއި ހޮސްޕިޓަލް ގުޅިގެން މިއަދު ހިންގި ހަރަކާތުގެ އިތުރުން ހުކުރު ދުވަހު ފުވައްމުލަކު ސްޓޭޑިއަމްގައި ކާބޯތަކެތީގެ މައުރަޒަކާއި ސިއްހީ މައުލޫމާތު ދިނުމުގެ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވެއެވެ. އަދި ހޮސްޕިޓަލުގެ ޓީމަކާއި ރެޑް ކްރެސެންޓްގެ ވޮލަންޓިއަރުންގެ ޓީމަކާއި ދެމެދު ފުޓްސަލް މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވެއެވެ.
ދިވެހި ރެޑް ކްރެސެންޓް ޏ. ބްރާންޗްއިން ކޮންމެ އަހަރަކުވެސް ސިއްހަތު ދުވަސް ފާހަގަކުރުމުގެ ގޮތުން ހަރަކާތްތަކެއް ބާއްވަމުން ގެންދެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު