22 ޖުލައި 2019 ( ހޯމަ )

ފުރަތަމަ އެހީގެ ތަމްރީން ޕްރޮގުރާމްގެ ތެރެއިން

ދިވެހި ރެޑް ކްރެސެންޓު ޏ.ބްރާންޗް އިން ފުރަތަމަ އެހީގެ ތަމްރީންތަކެއް ފަށައިފި

ރިޝްމާ އަބްދުﷲ

ދިވެހި ރެޑް ކްރެސެންޓު ޏ.ބްރާންޗްގެ ފަރާތުން ފުރަތަމަ އެހީގެ ތަމްރީންތަކެއް މިއަދު ފަށައިފިއެވެ.

ދިވެހި ރެޑް ކްރެސެންޓް ޏ. ބްރާންޗްއިން ވިދާޅުވީ މިއަދުން ފެށިގެން ތިން ދުވަހުގެ ނިޔަލަށް ހިންގާ މި ޕްރޮގްރާމުގައި ބައިވެރިވެފައިވަނީ ރެޑް ކްރެސެންޓުގެ މެމްބަރުންނާއި، ދަރުމަވެރިންގެ އިތުރުން ސުކޫލްތަކާއި ބައެއް މުއައްސަސާތަކުގެ މުވައްޒަފުންނެވެ.

މިއަދު ފެއްޓި ތަމްރީން ޕްރޮގުރާމުގައި ބައިވެރިވި ފަރާތްތަކުން ރެޑް ކްރެސެންޓް އިން ހިންގާ ފުރަތަމަ އެހީގެ ހަރަކާތްތަކުގައި ބައިވެރިވާނެއެވެ.
ދިވެހި ރެޑް ކްރެސެންޓް ޏ. ބްރާންޗްއިން ކުރިންވެސްވަނީ މިފަދަ ތަމްރީންތަކެއް ބާއްވާފައެވެ.


ކިޔުންތެރިންގެ ޚިޔާލު