22 ނޮވެމްބަރ 2018 ( ބުރާސްފަތި )

banner

ވަގަށް ނަގާފައިހުރި ފޯނުތަކަކާއި ފައިސާތަކެއް ހޯދާ 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ފުވައްމުލަކު ގެއަކުން ވަގާނަގާފައި ހުރި ކަމަށް ފޯނުތަކަކާއި ފައިސާތަކެއް ހޯދާ އެކަމުގައި ތުހުމަތު ކުރެވޭ ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 21 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެއްގެ އިތުރުން 25 އަހަރުގެ ފިރިހެނެކެއް ކަމަށް ފުލުހުން ހާމަކުރެއެވެ.

މި ހަތަރު މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، 1700 ޔޫއެސް ޑޮލަރާއި -/21500 ރުފިޔާއަށްވުރެ ގިނަ ފައިސާ އާއި 2 ފޯނަކާއި 4500 އިންޑިއަން ރުޕީސް ވަގަށް ނަގާފައިވާކަމަށް ބުނެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހު ފުވައްމުލަކު ގެއަކުން ހުށަހެޅި މައްސަލަ އަކާއި ގުޅިގެނެވެ.

މި މައްސަލައާއި ގުޅިގެން 20 އަހަރުގެ މީހާ ފިިޔަވައި ދެން ތިބި 3 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މި އޭޕްރީލް މަހުގެ 6 ވަނަ ދުވަހުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުުންނެވެ. އަދި 20 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މި އޭޕްރީލް މަހުގެ 7 ވަނަ ދުވަހުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ.

ވަގަށް ނަގާފައިވާ ތަކެތީގެ 400 ޑޮލަރާއި ދެ ފޯނާއި -/800 ރުފިޔާ ފެނިފައިވާއިރު މި ތަކެތި ފެނިފައިވަނީ މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހުންގެ ތެރެއިން 20 އަހަރުގެ މީހާ ދިރިއުޅެމުންދާ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު އޭނާގެ ކޮޓަރި ތެރެއިންނެވެ. މިމައްސަލަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

banner

ކިޔުންތެރިންގެ ޚިޔާލު