A wide advertisement which will be shown on all devices. (700 x 100)

ދިގުވާނޑު އަވަށުގެ ރައްޔިތުންނަށް ހެޔޮ އަގުގައި ކަރަންޓުގެ ޚިދްމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ

ދިގުވާނޑު ކައުންސިލުން އިސްނަގައިގެން ފުވައްމުލަކު މުއައްސަސާތަކަށް ޑަސްބިން ހަވާލުކުރުމުގެ ރަސްމިއްޔާތު. ފައިލް ފޮޓޯ

ރިޝްމާ އަބްދުﷲ

ފުވައްމުލަކު ދިގުވާނޑު އަވަށުގެ ރައްޔިތުންނަށް ހެޔޮ އަގުގައި ކަރަންޓުގެ ޚިދްމަތް ފޯރުވައިދޭނެ ފަރާތެއް ހޯދުމަށް ދިގުވާނޑު ކައުންސިލުން އިއުލާންކޮށްފިއެވެ.

.ދިގުވާނޑު ކައުންސިލުން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ ތިމާވެއްޓާ ރައްޓެހި ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރާ ފަރާތްތަކަށް އިސްކަންދޭނެކަމަށާއި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މޭމަހުގެ 2 ވަނަ ދުވަހު ދިގުވާނޑު ކައުންސިލްގެ މީޓިންގ ރޫމަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު 14 ޖޫން 2015 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށެވެ.

ދިގުވާނޑު ކައުންސިލުން މިގޮތަށް އިއުލާންކޮށްފައި މިވަނީ ސަރުކާރުން ކުރިން ދެމުން އައި ކަރަންޓް ސަބްސިޑީގެ އުސޫލަށް ބަދަލުތަކެއް ގެނައުމާއި ފެނަކަ ކޯޕަރޭޝަން ދެމުންއައި ކަރަންޓް އިން ވިޔަފާރިކުރާތަންތަނުގެ ކަރަންޓް ބިލް ކުރިން އެންގުމަކާއި ނުލައި ބޮޑުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !