24 ޖުލައި 2019 ( ބުދަ )

މެސީ އަދި ކ.ރޮނަލްޑޯ - ޔޫއެފާ މުބާރާތްތަކުގައި އިތުރު ރެކޯޑުތަކެއް ހަދާނެ ކަމަށް ބެލެވޭ ދެ ކުޅުންތެރިން

މެސީ އަދި ރޮނަލްޑޯ މުގުރާލަން ހުރި ރެކޯޑުތައް

ޔޫރައޕިއަން ޗެމްޕިއަންޝިޕްގެ ފޯރިދަގަ ހިސާބަށް އާދެވިފައި ވާއިރު މިހާރު ދުނިޔޭގެ ވެސް އެންމެ މަޝްހޫރު ދެ ކުޅުންތެރިން ކަމަށްވާ ބާސެލޯނާގެ ލިއޮނަލް މެސީ އާއި ރިއަލް މެޑްރިޑްގެ ކްރިސްޓިއާނާ ރޮނަލްޑޯ، ކޮންމެ ހަފުތާއަކު ހެންވެސް ގޯލުޖެހުމުގެ އައުރެކޯޑެއް ގާއިމުކޮށްފާނެ ކަމަށް އަންނަނީ ބެލެވެމުންނެވެ. މިދެކުޅުންތެރިން މިހާރު ވެސް ބައެއް ރެކޯޑުތައް މުގުރާލާފައިވާއިރު، މުގުރާލެވޭނެ އިތުރު ރެކޯޑުތަކެއް އަދިވެސް އެބަހުއްޓެވެ.
ކްރިސްޓިއާނާ ރޮނަލްޑޯ އާއި ލިއޮނަލް މެސީގެ ގޯލު ސްކޯކުރުމުގެ ވާދަވެރިކަމަކީ ފަހަރުގައި މިޖީލުގެ ފުޓުބޯޅައިގެ އެންމެ ބޮޑު ވާދަވެރިކަން ކަމުގައި ވެސް ވުން ކައިރިއެވެ. ނަމަވެސް ޔޫރަޕުގެ ބޮޑު މުބާރާތްތަކުގައި އިތުރު ރެކޯޑުތައް ހެދުމަށް މިދެ ކުޅުންތެރިންވެސް ވަރަށް ބޮޑަށް މަސައްކަތްކޮށް ޓީމަށް އިތުރު ކާމިޔާބީތަކެއް ހޯދައިދޭން ޖެހެއެވެ.

ބައެއް ރެކޯޑުތައް:
ޔޫރަޕިއަން ކަޕް ފައިނަލް މެޗުތަކުގެ އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑު: 7 ގޯލު- އަލްފްރެޑޮ ޑި ސްޓެފާނޯ އަދި ފްރެންކް ޕުސްކާސް ( ދެކުޅުންތެރިންވެސް ރިއަލް މެޑްރިޑް)
ޔޫރަޕިއަން ކަޕް އެންމެ ގިނަ ފައިލަން މެޗުގައި ގޯލު ޖެހުމުގެ ރެކޯޑު: 5 ގޯލު- އަލްފްރެޑޮ ޑި ސްޓެފާނޯ ( 1956، 1957، 1958، 1959، 1960 ރިއަލް މެޑްރިޑް).
ޔޫރަޕިއަން ކަޕް ފައިނަލް އެއްމެޗެއްގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑު: 4 ގޯލު- ފްރެންކް ޕުސްކާސް ( 1960 ރިއަލް މެޑްރިޑް).
ޔޫރަޕިއަން ޗެމްޕިއަންސް ލީގް ފައިނަލް އެއްމެޗެއްގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑު: 2 ގޯލު- ޑެނިއަލް މަސާރޯ ( 1994 އޭސީ މިލާން) ކާލް-ހެއިންޒް ރީޑްލް ( 1997 ބްރޯޝިއާ ޑޯމުންޑް) ހާނާން ކްރެސްޕޯ (އެސީ މިލާން، 2005) ފިލިޕޯ އިންޒާގީ (އޭސީ މިލާން، 2007) ޑިއެގޯ މިލީޓޯ އިންޓަރ މިލާން 2010).
މިރެކޯޑު ރޮނާލްޑޯ އަދި މެސީއަށް ވެސް މުގުރާލުމުގެ ފުރުސަތު މި ފަހަރުގެ މުބާރާތުގައި އަދި އެބައޮތެއެވެ. މި ދެކުޅުންތެރިން ވެސް މިހާތަނަށް ވަނީ ދެ ފައިނަލުގައި 2 ގޯލު ޖަހާފައެވެ. މެސީ ގޯލު ޖަހާފައިވަނީ 2009 އަދި 2011 ގައިއެވެ. ކ.ރޮނަލްޑޯ ގޯލު ޖަހާފައިވަނީ 2008 އަދި 2014 ގައެވެ.
ޔޫރަޕިއަން ކަޕް އަދި ޔޫއެފާ ޗެމްޕިއަންޝިޕްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންނަށް ބަލާއިރު:
ގްރޫޕް ސްޓެޖުގެ މެޗްތަކުން އެންމެ ގިނަ ގޯލު ޖަހާފައިވަނީ ރާއުލް ގޮންޒާލެޒް 53 ގޯލު.
ކްއާރޓަރ ފައިނަލުގެ އެންމެ ގިނަ ގޯލު ޖަހާފައިވަނީ 14 ގޯލު- އަލްފްރެޑޮ ޑި ސްޓެފާނޯ (ރިއަލް މެޑްރިޑް).
ސެމީ ފައިނަލުގެ އެންމެ ގިނަ ގޯލު ޖަހާފައިވަނީ 11 ގޯލު- އަލްފްރެޑޮ ޑި ސްޓެފާނޯ (ރިއަލް މެޑްރިޑް).
ރިއަލް މެޑްރިޑްގެ ކުރީގެ ތަރި ރާއުލް ގޮންޒާލެޒް ގެ ރެކޯޑުތަކެއްގެ ގޮތުގައި އޮތް ޔޫއެފާ ކްލަބް އަދި ޔޫއެފާ ޗެމްޕިއިންސް ލީގު ގެ އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑާއި ޔޫއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ގިނަ ގޯލުޖެހުމުގެ ރެކޯޑު ރިއަލް މެޑްރިޑުގެ ކްރިސްޓިއާނާ ރޮނަލްޑޯ ވަނީ މުގުރާލާފައެވެ. ނަމަވެސް ޔޫއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ގިނަ ގޯލުޖެހުމުގެ ރެކޯޑު ބާސެލޯނާގެ ލިއޮނަލް މެސީ އާއި އެއްވަރުވެ، ރެކޯޑު ހިއްސާ ކުރަނި ދެމީހުން ނެއެވެ. މެސީއަށް ގްރޫޕް ސްޓޭޖުގައި ޖެހިފައި ވަނީ 44 ގޯލް، އަދި ރޮނަލްޑޯ 38 ގޯލެވެ. މިދެ ކުޅުންތެރިންނަށް ވެސް ކުރިޔަށް އޮތްތަނުގައި މިރެކޯޑުތައް މުގުރާލުމުގެ ފުރުސަތު އެބަ އޮތެވެ.

ފަންޑުވުމެއް ނެތް ކުރީގެ ތަރި ޑިއެގޯ ސްޓެފާނޯގެ ކްއާރޓަރ ފައިނަލާއި ސެމީ ފައިނަލުގެ ގޯލު ރެކޯޑުތައް (14، 11) ވެސް މެސީއާއި ރޮނަލްޑޯއަށް މުގުރާލެވިދާނެއެވެ. ރޮނަލްޑޯ ވަނީ މިހާތަނަށް ކްއާރޓަރ ފައިނަލުގައި 12 ގޯލު، އަދި ސެމީ ފައިނަލުގައި 8 ގޯލު ޖަހާފައެވެ. މެސީ ވަނީ ކްއާރޓަރ ފައިނަލުގައި 10 ގޯލު އަދި ސެމީ ފައިނަލުގައި 2 ގޯލު ޖަހާފައެވެ.


ކިޔުންތެރިންގެ ޚިޔާލު