14 ނޮވެމްބަރ 2018 ( ބުދަ )

banner

ފައިލް ފޮޓޯ

ޑޮކްޓަރީ ބޭސް ފޯރުކޮށްދިނުމާބެހޭ އެމްއޯޔޫއެއްގައި ސޮއިކޮށްފި

ޞިއްޙީ ދާއިރާއިން އެއްބާރުލުން ދިނުމަށާއި ބަންގާޅުގައި އުފައްދާ ޑޮކްޓަރީ ބޭސް ސަޕްލައިކުރުމާބެހޭ އެމްއޯޔޫއެއްގައި ދިވެހިރާއްޖެ އާއި ބަންގްލަދޭޝް އާ ދެމެދު ސޮއިކޮށްފިއެވެ.
މި އެމްއޯޔޫގައި ސޮއިކުރީ، އަންގާރަ ދުވަހު ބަންގްލަދޭޝްގެ ވެރިރަށް ދާކާގައި ކުރިޔަށް ދިޔަ ޑަބްލިޔޫއެޗްއޯ ރީޖަނަލް މީޓިން ގެ ހަވާސާގައެވެ. ބޭސް ސަޕްލައިކުރުމުގެ އިތުރުން ދެޤައުމުގެ ދެމެދުގައި ޑޮކްޓަރުންނާއި ނަރުހުން ބަދަލުކުރުންވެސް މިއެމްއޯޔޫގައި ހިމެނެއެވެ.
މިއެމްއޯޔޫގައި ސޮއިކުރައްވަމުން ހެލްތު މިނިސްޓްރީ ވަގުތީގޮތުން ހިންގެވުމާ ޙަވާލުވެ ހުންނެވި ޑިފެންސް މިނިސްޓަރު މުޙައްމަދު ނާޡިމް ވިދާޅުވީ، ދާކާ އަށް މެޑިސިން ކިޔަވަން އަންނަ ކުދިން ދެން ދާނީ މިއެމްއޯޔޫގެ ދަށުން ކަމަށެވެ.
ބަންގްލަދޭޝްގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ އެ ޤައުމުގެ ޖޫނިއަރ ހެލްތު މިނިސްޓަރ ޒާހިދު މާލިކްއެވެ.
ރާއްޖޭގެ ބައެއް ހޮސްޕިޓަލުތަކުގައި ބަންގްލަދޭޝް ޑޮކްޓަރުން މިހާރުވެސް މަސައްކަތްކުރެއެވެ.
މިއީ މިބާވަތެއްގެ އެއްބަސްވުމެއް ރާއްޖެއާ ބޭރު ޤައުމަކާދެމެދު ކުރެވުނު ދެވަނަ ފަހަރެވެ. މީގެ ކުރިން ފާއިތުވި ޖޫންމަހު ސްރީލަންކާ އާއެކުވެސް ވަނީ މިފަދަ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ.
ޚަބަރު: ބީޑީނިއުސް24

banner

ކިޔުންތެރިންގެ ޚިޔާލު