22 ނޮވެމްބަރ 2018 ( ބުރާސްފަތި )

banner

ލުއިސް ސުއަރޭޒު ރޭގެ މެޗްގަިއ ދެގޯލް ކާމިޔާބުކޮށް ދިން

ބާސާ އާއި ޕޯރޓޯ ފުރަތަމަ ލެގް ކާމިޔާބުކޮށްފި

ޔޫރައޕިއަން ޗެމްޕިއަންސް ލީގު 2014/2015 ގެ ކްއާރޓަރ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ކުޅެވުނު ދެމެޗު ވެސް 3-1 ލަނޑުން ކާމިޔާބު ކުރީ ސްޕޭންގެ އެފްސީ ބާސެލޯނާ އާއި ފްރާންސްގެ އެފްސީ ޕޯރޓޯ އެވެ.
ފްރާންސްގެ ޕެރިހުގައި ރޭކުޅެވުނު މެޗުގައި ބާސާގެ ފުރަތަމަ ގޯލު ނޭމާ ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގެ ކުރީ ކޮޅުގައެވެ. އަނެއް ދެގޯލު ފަހު ހާފުގައި ކާމިޔާބުކޮށް ދިނީ ލުއިސް ސުއަރޭޒް އެވެ. ޕީއެސްޖީ ގޯލު ގެ 82 ވަނަ މިނިޓްގައި ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔާ މެތިއު 24ޖ. އެވެ. މިއީ މިސީޒަނުގައި ޕީއެސްޖީ އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ މެޗެވެ. ޕީއެސްޖީ ވަނީ މިސީޒަނުގައި ބަލި ނުވެ 24 މެޗް ހަމަކޮށްފައެވެ.
ކްއާރޓަރ ފައިނަލުގެ 4 ވަނަ މެޗްގައި ރޭ ޖަރުމަނުގެ އެއްވަނަ ޓީމު، ބެޔާން މިޔުނިކްގެ މައްޗަށް ޕޯޗްގީޒުގެ އެފްސީ ޕޯރޓޯ ކުރިހޯދީ ވެސް 3-1 ންނެވެ. ޕޯރޗްގަލްގައި ކުޅޭވުނު މެޗްގެ 3 ވަނަ މިނިޓުގައި ޕޯރޓޯއަށް ލިބުނު ޕެނަލްޓީ ރިކާޑޯ ކަރެސްމާ (ޖ.7) ގޯލަށް ވައްދާލައި އަދި 10 ވަނަ މިނިޓްގައި އިތުރު ލަނޑެއް އޭނާ ކާމިޔާބުކޮށް ދީ 2-0 ގެ ލީޑެއް ހޯދައި ދިނެވެ. ނަމަވެސް 28 ވަނަ މިނިޓްގައި ބެޔާނުގެ ތިއާގޯ އަލްކެންޓާރާ ގޯީލެއް ޖަހައި ތަފާތު ކުޑަ ކުރިއެވެ. ޕޯޓޯގެ 3 ވަނަ ލަނޑު ފަހު ހާފުގައި ކާމިޔާބުކޮށް ދިނީ ކެޕްޓަން މާޓިނޭޒް (9) އެވެ.
މި ދެ މެޗްގެ ވެސް 2 ވަނަ ލެގު އޮންނާނީ އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ ރެއެވެ.
ކްއާރޓަރ ފައިނަލް އިތުރު މެޗުތައް
ކްއަރޓަރ ފައިނަލް ގެ ފުރަތަމަ މެޗްގައި އެންމެ ފަހުފގެ ޗެމްޕިއަން ސްޕެއިންގެ ރިއަލް މެޑުރިޑާއި އެތްލެޓިކޯ މެޑްރިޑް ބައްދަލުކުރި ފޯރިގަދަ މެޗު ނިމުނީ 0-0 ން އެއްވަރު ވެގެންނެވެ. އތްލެޓިކޯގެ ދަނޑުގައި މިމެޗް ކުޅެވުމުން، ދެވަނަ ލެގް ކުޅޭވޭނީ ރިއާލްގެ ދަނޑު ސެންޓީއާގޯ ބާނަބެއު ގައި އަންނަ ބުދަ ދުވަހުގެ ރެއެވެ.
އިޓާލީގެ ޓޫރިންގައި ކުޅެވުނު ކްއާރޓަރ ފައިނަލުގެ 2 ވަނަ މެޗުގައި އިއްޔެރޭ މޮނާކޯ 1-0 ން ބަލިކޮށް އިޓާލީގެ ޔުވެންޓަރސް ވަނީ ސެމީ ފައިނަލްގެ އުއްމީދު ބޮޑުކޮށްފައެވެ.

banner

ކިޔުންތެރިންގެ ޚިޔާލު