15 ޑިސެމްބަރ 2018 ( ހޮނިހިރު )

banner

މިދިޔަ ފެބުރުއަރީ މަހު ފުވައްމުލަކު އެކި ސަރަހައްދުތަކުގައި ބޭނުންކުރުމަށް ޑަސްބިން ހަދިޔާ ކުރި ރަސްމިއްޔާތުގެ ތެރެއިން

ދިގުވާނޑު ކައުންސިލުން ތިމާވެށީގެ ދާއިރާއިން ދެ އެވޯޑެއް ދޭން ނިންމައިފި

ދިގުވާނޑު ކައުންސިލްގެ ފަރާތުން ތިމާވެށިގެ ދާއިރާއިން ސްކޫލްތަކާއި، ސްކޫލް ދަރިވަރުން ކުރާ އެކި މަސައްކަތް ފާހަގަ ކުރުމަށް ދެ އެވޯޑެއް ތަޢާރަފުކުރަން ނިންމައިފިއެވެ. ދިގުވާނޑު ކައުންސިލްގެ ރައީސް ޚާލިސް ޝަރީފު ވިދާޅުވީ މި ދެ އެވޯޑް އިފުތިތާހު ކުރާނީ މިއަހަރުގެ ތިމާވެށީގެ ދުވަހާއި ދިމާކޮށް ކަމަށާއި މިދެ އެވޯޑަކީ ގްރީން ސްކޫލް އެވޯޑާއި ގްރީން އެމްބެސެޑަރ އެވޯޑް ކަމަށެވެ.

ގްރީން ސްކޫލް އެވޯޑް އަކީ ތިމާވެށިގެ ދާއިރާއިން ރަށުގެ ސްކޫލްތައް މި އަހަރުގެ ތިމާވެށިގެ ދުވަހާއި ހަމައަށް ކުރާ މަސައްކަތް ފާހަގަކޮށް، މި ދާއިރާއިން އެންމެ ފާހަގަ ކުރެވޭ މަސައްކަތްތަކެއް ކުރާ ސްކޫލަކަށް ދިނުމަށް ނިންމާފައިވާ އެވޯޑެކެވެ. އަދި ގްރީން އެމްބެސެޑަރ އެވޯޑަކީ، ތިމާވެށިގެ ދާއިރާއިން މި އަހަރުގެ ތިމާވެށީގެ ދުވަހާއި ހަމައަށް ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ކުރާ ދަރިވަރަކަށް ދެވޭ އެވޯޑެކެވެ.

ދިގުވާނޑު ކައުންސިލުން މިދިޔަ ފެބުރުއަރީ މަހުވަނީ ފުވައްމުލަކު އެކި ސަރަހައްދުތަކުގައި ބޭނުންކުރުމަށް 100 ޑަސްބިން ހަދިޔާކޮށްފިއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު