A wide advertisement which will be shown on all devices. (700 x 100)

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާއި އެކު ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު މަސްތުވާ ތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް. ފޮޓޯ:މޯލްޑިވްސް ޕޮލިސް ސަރވިސް

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމް ހުސްކުރި ދަޅާކާއި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމް.އެލްގެ ފުޅިއަކާއި އެކު 03 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މި ތިން މީހުންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެޕްރީލް 17 ވަނަ ދުވަހު 17:25 ހާއިރު އާއްމު ފަރާތަކުން ދިން މަޢުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި މި އޮޕަރޭޝަންގައި ފުވައްމުލަކު ގެއެއްގެ ތެރެއިން ކަމަށް ފުލުހުންގެ އިދާރާއިން ހާމަކުރެއެވެ.

މިތިން މީހުންނާއި އެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު މަސްތުވާ ތަކެތި ފެނިފައިވަނީ އެ ތިން މީހުން ތިބި ކޮޓަރި ބަލައި ފާސްކުރުމުގެ ތެރެއިން ކަމަށްވެސް ފުލުހުން ހާމަކުރެއެވެ. އެގޮތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދަޅު ފެނިފައިވަނީ އެކޮޓަރީގެ ގިފިލީ ފާރުމަތިންކަމަށާއި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފުޅި ފެނިފައިވަނީ އެކޮޓަރި ތެރޭގައި ހުރި ފުޅިމަދު ފޮށިގަނޑެއްގެ ތެރެއިން ކަމަށް ފުލުހުން ބުންޏެވެ.

މިމައްސަލަ، މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 10 ދުވަހުގެ މުއްދަތެއް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވެއެވެ. މި މައްސަލަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !