15 ޑިސެމްބަރ 2018 ( ހޮނިހިރު )

banner

މާލެގަން އަވަށު ހުކުރު މިސްކިތާވީ ހިސާބު. ބަޖެޓުގެ ތާށިކަމާއެކުވެސް އަވަށުގެ ތަރައްޤީއަށް ގިނަގުނަ މަޝްރޫޢުތަކެއް ރޭވިފައވާކަމަށް ކައުންސިލުން ބުނޭ. ފޮޓޯ: މަދީޙް އަޙްމަދު

މާލެގަމުގައި ވޮލީ ކޯޓެއް އަޅަނީ

ފުވައްމުލަކު މާލެގަން ކައުންސިލުން ވޮލީ ކޯޓެއް އެޅުމުގެ މަސައްކަތް މިއަދު ފަށާނެކަމަށް އެކައުންސިލުން ހާމަކޮށްފިއެވެ.
މާލެގަން ކައުންސިލުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވިގޮތުގައި، ވޮލީ ކޯޓު އެޅުމަށް ހަމަޖެހިފައިވަނީ، ބަނޑަހަފަންނު ދެކުނުން، މުދިންގެ އާ ދިމާއަށް އޮތް ހުސްބިމުގައެވެ. އަދި މިއީ ބަނޑަހަފަންނުގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީކުރުމަށް އެތަނުގައި އޮތް ވޮލީކޯޓު ނެގުމާ ގުޅިގެން އޭގެ ބަދަލުގައި ހެދޭ ވޮލީ ކޯޓެއްކަމަށްވެސް ކައުންސިލުން ހާމަކުރިއެވެ.
“ވޮލީ ކޯޓު ހަދާނީ ކައުންސިލުގެ ބަޖެޓު ތަންދިން އެންމެ ރަނގަޅު ފެންވަރަށް. އެނގިވަޑައިގަންނަވާނެ، ރިކަރަންޓް ޚަރަދުތައް ކަނޑާފައި ތަރައްޤީގެ މަޝްރޫޢުތަކަށް މާބޮޑު އެއްޗެއް ނޯވޭ ކައުންސިލުގެ ބަޖެޓުގައި. އެހެންނަމަވެސް، މި ޙާލަތުގައިވެސް އަޅުގަނޑުމެން މި ދަނީ އަވަށަށް އެކަށީގެންވާ ޚިދުމަތެއް ކުރެވޭތޯ ބަލަމުން. ޚާއްޞަކޮށް ޒުވާނުންގެ ކަންކަމުގައި”. ނާޒިމު ވިދާޅުވިއެވެ.
ވޮލީ ކޯޓު ތަރައްޤީކުރުމުގެ ޕްލޭނުގައިވާގޮތުން، އެ ސަރަޙައްދުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 5000 އަކަފޫޓެވެ.އަދި މުޅި ސަރަޙައްދު ވަށައިގެން ފެންސު ޖަހާގޮތަށްވެސް ޕްލޭންގައިވެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު