17 ނޮވެމްބަރ 2018 ( ހޮނިހިރު )

banner

ރޭ ބެޔާން މިޔުނިކް އާއި އެފްސީ ޕޯރޓޯ ބައްދަލުކުރި މެޗު

ބާސާ އާއި ބެޔާން ސެމީފައިނަލަށް

ޔޫރައޕިއަން ޗެމްޕިއަންސް ލީގު 2014/2015 ގެ ކްއާރޓަރ ފައިނަލުގެ ދެވަނަ ލެގުގައި ރޭ ކުޅެވުނު ބާސެލޯނާ ޕީއެސްޖީގެ މެޗް 2-0 ން ބާސެލޯނާ ކާމިޔާބުކުރިއިރު ދެވަނަ މެޗް ބެޔާން މިޔުނިކުން ކާމިޔާބުކުރީ ހިނުކުރާފަދަ ބޮޑު ތަފާތަކުން، 6-1 ންނެވެ.
ރޭކުޅެވުނު މެޗުގައި ބާސާގެ ދެގޯލު ވެސް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ނޭމާއެވެ. ފުރަތަމަ ގޯލުގައި ކެޕްޓަން އިނިއެސްޓަރ އިދިކޮޅު 4 ކުޅުންތެރިން ކައިރިން ނައްޓާފައި ބޯޅާ ހިފައިގެން ޕީއެސްޖީގެ ހާފުތެރެއަށް ވަދެ، ދުވެފައި ކުރަޔަށް އަރަމުން ދިޔަ ނޭމާއަށް ފަހިކޮށް ދިން ފުރުސަތުގައި ގޯލަށް ވައްދާލީ ކީޕަރު ސިރިގު އަތުން ވެސް ބޯޅަ ނައްޓާލާފައެވެ. ދެވަނަ ގޯލު 34 ވަނަ މިނިޓުގައި ނޭމާ ގޯލަށް ވައްދާލީ ބޮލުންނެވެ. ދެލަނޑަށްފަހު ބާސެލޯނާއަށް ލިބިފައިވާ ބޮޑު 5-1 ގެ އެގްރިގޭޓް ލީޑުގައި ހިފެހެއްޓީ އެމީހުންގެ ސްޓައިލްގައި ހަމަޖެހިލައިގެން ކުޅެލަ ކުލޭލާ ތިބެއެވެ. ޚާއްސަކޮށް ދެވަނަ ހާފުގައި އިދިކޮޅު ގޯލަށް ނުރައްކާކުރަން އުޅުނު ތަނެއް ނުފެނުނެވެ. ޕީއެސްޖީގެ ކެޕްޓަން އިބްރަހަމް ވިޗް ސަސްޕެންޝަނަށް ފަހު ރޭގެ މެޗްގައި ކުޅުނެވެ. ފުރަތަމަ ހާފުގައި ބާސާގެ ގޯލަށް ހަމަލައެއް ނުދެވުނު ކަމުގައި ވިޔަސް ދެވަނަ ހާފުގައި 4 ހަމަލާއެއް ފޮނުވާލިއެވެ. ނަމަވެސް ގޯލާ އަމާޒުވީ އެންމެ ދެ ހަމަލާއެކެވެ. ފާއިތުވި 8 ސީޒަނުގެ ތެރެއިން 7 ސީޒަނުގައި ސެމީގައި ކުޅުމުގެ ފުރުސަތު ހޯދީއެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބާސާގެ ދެގޯލު ކާމިޔާބުކޮށްދިނީ ނޭމާއެވެ.
ރޭ ކުޅެވުނު ކްއާރޓަރ ފައިނަލުގެ 2 ވަނަ މެޗްގައި ޖަރުމަނުގެ އެއްވަނަ ޓީމު ބެޔާން މިޔުނިކުން ވަނީ ޕޯޗްގީޒުގެ އެފްސީ ޕޯރޓޯގެ މައްޗަށް ފުރަތަމަ މެޗްގައި ބަލިވުމުގެ ބަދަލުހިފައި ރޭ ވަނީ ބޮޑު ތަފާތަކުންމޮޅުވެފައެވެ. ރޭބެޔާނުން ވަނީ 6-1 ން ޕޯޓޯ ބަލިކޮށް، 4-7 ގެ އެގްރިގޭޓުން ސެމީގެ ޖާގަ ހޯދާފައެވެ. ޖަރުމަނުގެ މިޔުނިކް އެރީނާގައި ކުޅެވުނު މިމެޗްގެ ފުރަތަމަ ހާފުގައި 5 ލަނޑު ޖަހައި ބެޔާނުން ސެމީގެ ފުރުސަތު ފުޅާކުރިއެވެ. އެއްއަހަރު ދުވަހު ކުޅުމާއި ދުރުގައި ހުރުމަށްފަހު ބެޔާންގެ ތިއާގޯ އަލްކެންޓާރާ (6 ޖ.) ވަނީ ފުރަތަމަ ލެގުގެ ގޯލާއި ރޭ ބެޔާންގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ދީފައެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް އޭނާއެވެ. ލެވެންޑޯސްކީ (9 ޖ.) 2 ލަނޑު، ރަފީނާ (13ޖ.)، ބޯޓެންގް (17 ޖ.) އަދި ޒާބީ އެލެންސޯ (3 ޖ.) ހިލޭ ހޖެހުމަކުން ކާމިޔާބުކުރި ގޯލާއި މުލަރ (25 ޖ.)، މިއިން ކޮންމެ ކުޅުންތެރިއަކު ގޯލެއް ކާމިޔާބުކުރިއެވެ. މި މޮޅާއެކު ބެޔާން ވަނީ ޖެހިޖެހިގެން 4 ވަނަ ފަހަރު ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ. ޕޯޓޯގެ ހަމައެކަނި ގޯލު ފަހު ހާފުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން މާޓިނޭޒް (9) އެވެ. ޕޯޓޯރގެ ކުޅުން ތެރެއިކަށް ވަނީ ފަހުހާފުގެ 88 ވަނަ މިނިޓްގައި ދެވަނަ ރީދޫކާޑާއެކު ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.

ކްއާރޓަރ ފައިނަލް 2 ވަނަ ލެގުގެ އިތުރު މެޗުތައް
ކްއަރޓަރ ފައިނަލް ގެ ދެވަނަ ލެގުގެ ފަހު ދެމެޗްގައި މިރޭ ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިންގެ ރިއާލް މެޑްރިޑާއި ސްޕޭންގެ މެޑްރިޑަށް ނިސްބަތްވާ އެތްލެޓިކޯ މެޑްރިޑެވެ. މި ދެޓީމުގެ ފުރަތަމަ ލެގް 0-0 ން އެއްވަރު ވެފައި ވުމުން މިރޭގެ މެޗު ފޯރި ގަދަވާނެއެވެ. މިރޭގެ މެޗް ކުޅޭވޭނީ ރިއާލްގެ ދަނޑު ސެންޓީއާގޯ ބާނަބެއު ގައެވެ.
މިރޭގެ ދެވަނަ މެޗްގައި ޔުއެންޓަސް ބައްދަލުކުރާނީ މޮނާކޯއާއެވެ. ފުރަތަމަ ލެގް 1-0 ން ޔޫވޭ ކާމިޔާބުކޮށްފައި ވުމާއި މިރޭގެ ދެވަނަ ލެގް މޮނާކޯގެ ދަނޑުގައި ކުޅެވޭތީ މިމެޗްގެ ފޯރިވެސް ކުޑައެއް ނުވާނެއެވެ. އެއީ 1-0ން މޮނާކޯ މޮޅުވެއްޖެ ނަމަ ދެޓީމު އެގްރިގޭޓުން އެއްވަރުވެ އިތުރު ވަގުތު ކުޅެން ވެސް ޖެހިދާނެތީއެވެ. މެޗްތައް ފަށާނީ ރާއްޖޭ ގަޑިން ރޭގަނޑު 11:45 ގައެވެ. ޓެންސްޕޯރޓުސް އަދި ޓެންސްޕޯރޓުސް އެޗްޑީއިން މިމެޗްތައް ލައިވް ކުރެއެވެ.
ސެމީގައި ބައްދަލުކުރާ ޓީމުތަށް އެނގޭނީ ހުކުރުދުވަހު ފްރާންސްގެ ލިއޯންގައި ބައްވާ ގުރުނެގުމުންނެވެ.

banner

ކިޔުންތެރިންގެ ޚިޔާލު