ފުވައްމުލަކު އަތޮޅު ކައުންސިލާއި ސޮކާ ވެޓަރަންސް ގުޅިގެން ތުއްތު ކުދިންނަށް އަމާޒުކޮށްގެން ބާއްވާ “ކިޑްސް ފުޓްބޯލް ފިއެސްޓަރ 2015” ފުވައްމުލަކު ރަސްމީ ބޯޅަ ދަނޑުގައި ފެށިއްޖެއެވެ. ޕްރީ ސްކޫލްތަކާއި ގްރޭޑް 1 ގައި ތައުލީމު ހާސިލު ކުރާ ދަރިވަރުންނަށް އަމާޒުކޮށް ގެން ފުވައްމުލަކު ސްކޫލްތަކުގެ މެދުގައި ބާއްވާ ފުރަތަމަ ފުޓްބޯޅަ މުބާރާތް މާދަމާގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ.
ލީގު އުސޫލަށް ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލަށް ދަތުރު ކުރާ ގޮތަށް ރޭވިގެން ހިންގޭ މި ފުޓްބޯޅަ މުބާރާތަކީ ފުވައްމުލަކު ޕްރީ ސްކޫލްތަކުގެ މެދުގައި ބޭއްވޭ ފުރަތަމަ ފުޓްބޯޅަ މުބާރާތެެވެ.
+1
+1
ޚިޔާލުތައް