A wide advertisement which will be shown on all devices. (700 x 100)

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުގައި ބެޔާން އަދީ ބާސާ ބައްދަލުކުރަނީ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ޓީމުތައް އިއްޔެ ކަށަވަރުވިއިރު މިއަދު (ހުކުރު ދުވަހު) ވަނީ ސެމީ ފައިނަލުގައި ބައްދަލުކުރަން ޖެހޭ ޓީމުތަކުގެ ގުރު ނަގާފައެވެ. މިފަހަރުގެ ގުރުން ދިމާވީ މުބާރާތުގެ އެންމެ ވަރުގަދަ ކަމަށް ބެލެވޭ ބާސެލޯނާއާއި ބެޔާން މިޔުނިކު ބައްދަލު ކުރަން ޖެހޭ ގޮތަށެވެ.

މިއަދު ފްރާންސްގެ ލިއޮންގައި ނެގުނު ގުރުން ސެމީގެ ދަވަނަ މެޗުގައި ބައްދަލުކުރަން ޖެހުނީ ކްއާޓަރ ފައިނަލުގައި މޮނާކޯގެ މައްޗަށް ކުރި ހޯދި އިޓަލީގެ ޔުއެންޓާރސް އާއި އެންމެ ފަހުގެ ޗެމްޕިއަން ސްޕޭނުގެ ރިއަލް މެޑްރިޑެވެ.

ފާއިތުވި 2012/2013 އިގެ ޔޫއެފާ ޗެމްޕިއަންސްލީގުގެ ސެމީފައިނަލުގައި ވެސް ބެޔާން އަދި ބާސާ ވަނީ ބައްދަލުކޮށް ފައެވެ. އެ ފަހަރުގެ ފުރަތަމަ ލެގް ބެޔާން މޮޅުވީ 4-0 ން އަދި ދެވަނަ ލެގް 3-0 ން ނެވެ. 1996 ގެ ފަހުން މިދެޓީމު ވަނީ 8 ފަހަރު ބައްދަލުކޮށްފައެވެ. އެއިގެ ތެރެއިން ވެސް އެންމެ ތަފާތު ބޮޑު ނަތީޖާއަކީ ނިމިނު ސީޒަނުގެ މުބާރާތެވެ. ނަމވެސް މިހާރުގެ ޔޫއެފާ ރޭންކިންގެ އެންމެ ކުރީގައި އޮތީ ބާސާއެވެ. މިމެޗް ޚާއްސަ ވާ އަނެއް ސަބަބަކީ ކުރިން ބާސާގެ ކޯޗް ޕެޕް ގާޑިއޯލާ ބެޔާންގެ ކޯޗުކަމުގައި މިދެޓީމު ބައްދަލު ކުރާ ފުރަތަމަ މެޗަށް ވުމެވެ.

ފާއިތުވި 12 އަހަރުގެ ތެރޭގައި ޔުވެންޓަރސް ސެމީއަށް ދަތުރުކުރި މީއީ ފުރަތަމަ ފަހަރެވެ. 2002/2003 ކުރިން ޔޫވޭ ވަނީ 4 ފަހަރު ރިއަލް މެޑްރިޑާއި ވާދަކޮށްފައެވެ. 2002/2003 ގެ ސީޒަނުގައި ޔޫވޭ އިން ވަނީ ރިއަލް ބަލިކޮށް ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އޯލްޓްރެފަޑްގައި މަންޗެސްޓަރ އަތުން ބަލިވެފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !