24 ޖުލައި 2019 ( ބުދަ )

ޏ.އޭއީސީ ހޯލުގައި ކުރިޔަށްދާ 4 ވަނަ އަތޮޅު ޤްރުއާން މުބާރާތް 2015

ފުވައްމުލަކު 4 ވަނަ ގުރުއާން މުބާރާތް މާދަމާ ނިމޭނެ

އަތޮޅު ފެންވަރުގައި ފުވައްމުލަކުގައި ބާއްވާ 4 ވަނަ ޤްރުއާން މުބާރާތް ޏ. އޭއީސީ ހޯލުގައި އިއްޔެ (23-25 އޭޕްރީލް) އިން ފެށިގެން މާދަމާގެ ނިޔަލަށް ކުރިޔަށް ދާނެކަމަށް މުބާރާތް އިންތިޒާމު ކުރުމުގައި އިސްކޮށް އުޅުއްވާ އޮފިޝަލަކު މިކަލް ނޫހަށް މައުލޫމާތު ދެއްވިއެވެ.
“ފުވައްމުލަކު 4 ވަނަ ޤްރުއާން މުބާރާތް” އަކީ ކުޑަކުދިންގެ ހިތްތަކުގައި ޤްރުއާނަށް ލޯބިޖެއްސުމަށާއި ފުވައްމުލަކުގައި ގުރުއާން ކިޔަވަން ދަންނަ ދަރިންތަކެއް އުފައްދައި ދެމެހެއްޓުމުގެ ގޮތުން ފުވައްމުލަކު އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ.
މިމުބާރާތަގައި ފުވައްމުލަކުގެ ހުރިހާ ސްކޫލަކުން ވެސް ބައިވެރިވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މި މުބާރާތް ބަހާލެވިފައި ވަނީ 6 އަހަރުން ދަށް، 7 އަހަރުން ދަށް، 9 އަހަރުން ދަށް، 11 އަހަރުން ދަށް،، 13 އަހަރުން ދަށް އަދި 16 އަހަރުން ދަށުގެ އުމުރުފުރާތަކަށެވެ. ކޮންމެ ސްކޫލަކުން ވެސް މުބާރާތުގައި ބައިވެރި ކޮށްފައި ވަނީ 15 ދަރިވަރުންނެވެ. ބަލައިގެން ކިޔެވުމާއި ހިތުން ކިޔުމުގެ ބައިން މިއަދުގެ ނިޔަލަށް ގިނަ ދަރިވަރުންތަކެއް ވަނީ ކިޔެ ވުން ފުރިހަމަ ކޮށްފައެވެ.
އަންހެން އަދި ފިރިހެން ފަނޑިޔާރުން ދެފަރާތުގައި ތިބެގެން އިންސާފުކުރަމުން ދާ މިމުބާރާތް ނިންމުން މާދަމާ ހަވީރު އޭއީސީ ހޯލުގައި އޮންނާނެއެވެ.


ކިޔުންތެރިންގެ ޚިޔާލު