A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު 4 ވަނަ ގުރުއާން މުބާރާތް ނިމިއްޖެ

ފުވައްމުލަކު އަތޮޅު ކައުންސިލުން އިންތިޒާމުކޮށް ގެން ކުރިއަށް ގެންދިޔަ 4 ވަނަ ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށް ވަނަ ވަނައަށް އައި ފަރާތްތަކަށް އިނާމުދީފިއެވެ. ޏ.އަތޮޅު ތައުލީމީ މަރުކަޒުގައި އިއްޔެ ހަވީރު 16:00 ގައި ފެށުނުު ރަސްމިއްޔާތުގައި ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލުކޮށް ދެއްވީ ފުވައްމުލަކު ސުކޫލްތަކުގެ އިސްވެރިންނެވެ.

113 ދަރިވަރުން އަޑު އިވިގެންދިޔަ މިމުބާރާތުގެ އެއްވަނަ ސުކޫލަކަށް ހޮވިފައިވަނީ ހާފިޒު އަހުމަދު ސުކޫލެވެ. އަދި ދެވަނަ ސުކޫލަކަށް ހޮވުނީ އެމްޖޭއެމްއެވެ. އަދި ތިންވަނަ ސުކޫލަކަށް ހޮވުނީ ތަހުފީސުލް ގުރުއާނެވެ. މުޅި މުބާރާތުގެ ނުބަލައި ކިޔެވުމުގެ ބައިން އެއްވަނަ އަށް ހާފިޒު އަހުމަދު ސްކޫލްގެ އާއިޝަތު ނިޝްޔާ މުހައްމަދު ހޮވުނު އިރު ދެވަނަ އަށްވެސް ހޮވިފައިވަނީ ހާފިޒު އަހުމަދު ސުކޫލުގެ ދަރިވަރު އާއިޝަތު ޝަތާ މުހައްމަދެވެ. ތިން ވަނައަށް ފުވައްމުލަކު ސްކޫލުގެ އައިމިނަތު ޔޫހާ ހުސައިން އާއި ތަހުފީލުސް ގުރުއާންގެ މަރިޔަމް ޔަމްހާ މުހައްމަދު ހޮވުނެވެ.

ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ އަށް ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރު ނީނާ އަމްޖަދު ހޮވުނު އިރު ދެވަނަ އަށް ހޮވުނީ ހާފިޒު އަހުމަދު ސްކޫލުގެ އާއިޝަތު ރާޔާ ހަސަން އާއި އެމްޖޭއެމްގެ ދަހާ އަހުމަދު ވަސީމު އެވެ. ބަލައިގެން ކިޔެވުމުގެ ބައިން ތިންވަނައަށް ހޮވުނީ އެމްޖޭއެމްގެ ދަރިވަރު ފާތިމަތު ނިހާއެވެ.

އަތޮޅު މުބާރާތުގައި ވާދަކުރުމަށް ހޮވާ 15 ދަރިވަރުން ވެސް ހޮވި މިރަސްމިއްޔާތުގައި 6 އުމުރުފުރައެއް ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމުން 1ވަނަ 2 ވަނަ އަދި 3 ވަނަ އަށް ހޮވުނު ފަރާތްތަކަށްވެސް އިނާމުދިނުން އޮތެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !