A wide advertisement which will be shown on all devices. (700 x 100)

ކިޑުސް ފުޓްބޯލް ފިއެސްޓަރ 2015 ނިމިއްޖެ

ފުވައްމުލަކު ރަސްމީ ބޯޅަނޑުގައި ކުރިއަށް ދިޔަ ކިޑްސް ފުޓްބޯލް ފިއެސްޓަރ 2015 ގެތެރެއިން

ސޮކަރ ވެޓެރަންސް އެސޯސިއޭޝަނާއި ފުވައްމުލަކު ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ ތުއްތު ކުދިންގެ “ކިޑްސް ފުޓްބޯލް ފިއެސްޓަރ 2015” އިއްޔެ ނިމިއްޖެއެވެ. ފުވައްމުލަކު ރަސްމީ ބޯޅަދަނޑު ހަތަރު ބަޔަކަށް ބަހާލައިގެން 4 ދަނޑުގައި ކުރިއަށް ދިޔަ މި މުބާރާތުގެ ޕްރީސްކޫލްގެ ޗެމްޕިއަން ޓީމަކަށް ހޮވިފައިވަނީ ޒިކުރާ ސްކޫލެވެ. އަދި ދެވަނަ ޓީމަކަށް ހޮވުނީ މަންހަޖުލް ހުދާގެ ޓީމެވެ.
ކޮންމެ ޓީމެއްގެ ވެސް އޭޓީމާއި ބީ ޓީމެއް ވާދަކުރި މިމުބާރާތުގެ ގްރޭޑް 1ގެ ބައިން ޗެމްޕިއަން ޓީމަކަށް ހޮވުނީ ކުޅުނު ދެފައިނަލުން އޭޓީމުގެ ފައިނަލް މެޗު އެއްވަރުކޮށް ބީޓީމުގެ ފައިނަލުން މޮޅުވި ހާފިޒު އަހުމަދު ސްކޫލެވެ. އަދި ދެވަނަ ޓީމަކަށް ހޮވުނީ ޕޮއިންޓް އުސޫލަށް ކުޅުނު ތިން ބުރުން އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ފައިނަލަށް ދަތުރުކުރި އެމްޖޭއެމްގެ ޓީމެވެ.
ބައިވެރިވި ހުރިހާ ދަރިވަރުންނަށްވެސް އިނާމު ލިބުނު މިމުބާރާތުގެ އެންމެ މޮޅު 11 ދަރިވަރުންވެސް ހޮވިއެވެ. އެގޮތުން، ޕްރީ ސްކޫލް ބައިން އެންމެ މޮޅު 11 ދަރިވަރުންނަށް ހޮވިފައިވަނީ މަންހަޖުލް ހުދާގެ 4 ދަރިވަރުންގެ އިތުރުން، އައިޑިއަލް ސްކޫލްގެ ދެދަރިވަރަކާއި އަދި ފައުންޑޭޝަން ސްކޫލް، މާލެގަމު ޕްރީ ސްކޫލް، އުލާ ޕްރީ ސްކޫލް، ކިޑްސް ހައުސް އަދި ޒިކްރާ ސްކޫލްއިން 1 ދަރިވަރެކެވެ.
ގްރޭޑް 1ގެ ބައިން އެންމެ މޮޅު 10 ދަރިވަރުން ހޮވިފައިވަނީ ހާފިޒު އަހުމަދު ސްކޫލާއި އެމްޖޭއެމްގެ 4 ދަރިވަރުންގެ އިތުރުން ފުވައްމުލަކު ސްކޫލުގެ 2 ދަރިވަރެކެވެ.

ޖުމްލަ 160 ދަރިވަރުން ބައިވެރިވި މިމުބާރާތުގައި ވާދަކޮށްފައިވަނީ ޕްރީ ސްކޫލުގެ 7 ސްކޫލާއި ގްރޭޑް 1ގެ 3 ސްކޫލެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !