A wide advertisement which will be shown on all devices. (700 x 100)

ރިޟްވާންގެ މައްސަލާގައި ކެނެޑާ ޚާރިޖީވަޒީރު ކަންބޮޑުވުން ފާޅުކުރައްވައިފި

މިނިވަން ނިއުސްގެ ނޫސްވެރިޔާ ރިޟްވާން. ފޮޓޯ: ރިޟްވާންގެ ފޭސްބުކް ޕޭޖް

ގެއްލިފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ (28) ގެ މައްސަލާގައި ކެނެޑާގެ ޚާރިޖީވަޒީރު ޖޯން ބަޔާޑް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ބަޔާޑް މިކަން ހާމަކުރައްވާފައިވަނީ އޭނާގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކުރެއްވި ޓްވީޓެއްގައެވެ.


ޖޯން ބަޔާޑް ގެ ޓްވީޓް
ރިޟްވާން ކިޑްނެޕްކޮށްފައިވާ ކަމަށް ބޮޑަށް ބެލެވޭކަމަށް ހާމަކުރައްވަމުން ޖޯން ބަޔާޑް އިތުރަށް ހާމަކުރައްވާފައިވަނީ ރާއްޖޭގައި މިފަހުން ހިނގާފައިވާ، މީސްމީހުނަށް މަރުގެ އިންޒާރުދިނުމާއި “އައިއެސްއެލް” ގެ ދިދަ ހިފައިގެން މުޒާހަރާކޮށްފައިވުމާމެދު ކަންބޮޑުވާކަމަށެވެ.
މިނިވަން ނިއުސްގެ ނޫސްވެރިޔާ ރިޟްވާން ގެއްލިގެން އުޅޭތާ މަހަކަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ.
ކެނެޑާގެ ޚާރިޖީވަޒީރު ބަޔާޑް އަކީ ރިޟްވާންގެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރެއްވި ބޭރު ޤައުމެއްގެ އެންމެ އިސް އޮފިޝަލެވެ. އޭނާ ވަނީ ކުރިންވެސް ދިވެހި ރައްޔިތުންގެ އިންސާނީ ޙައްޤުތަކާ ގުޅުންހުރި މައްސަލަތަކުގައި ވަކާލާތުކުރައްވާފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !