22 ޖުލައި 2019 ( ހޯމަ )

އޭއީސީ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތް ފެށިއްޖެ

ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ (އޭއީސީ) އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތް އިއްޔެ ފެށިއްޖެއެވެ. އޭއީސީގެ ހަތަރު ހައުސް މެދުގައި ދެއުމުރު ފުރައަކަށް ބަހާލައިގެން ކުރިއަށް ދާ މިމުބާރާތުގައި އިއްޔެ ދެމެޗު ކުޅުނެވެ. ފުރަތަމަ ކުޅެވުނީ 15 އަހަރުންދަށުގެ އުމުރުފުރައިގެ މެޗެކެވެ. މި މެޗު އިމާދު ހައުސް އާއި އަމީން ހައުސް ބައްދަލުކޮށް 9-0 އިން އިމާދު ހައުސް ކާމިޔާބު ކުރިއިރު ދެވަނަ މެޗުގައި އަމީން ހައުސްގެ މައްޗަށް އިމާދު ހައުސް ކާމިޔާބު ހޯދިއެވެ. އެއީ 0-4 ގެ ނަތީޖާއިންނެވެ. އިއްޔެ ކުޅެވުނު ދެވަނަ މެޗަކީ 15 އަހަރުން މަތީ އުމުރު ފުރައިގެ މެޗެކެވެ.

މިމުބާރާތުގައި މިއަދު ކުޅެވުނު 15 އަހަރުން ދަށުގެ އުމުރުފުރައިގެ މެޗުގައި ބައްދަލު ކުރީ މުޒައްފަރު ހައުސް އާއި އަމީން ހައުސްއެވެ. މިމެޗު އަމީން ހައުސް ކާމިޔާބު ކުރީ 4-1 ގެ ނަތީޖާއިންނެވެ.


ކިޔުންތެރިންގެ ޚިޔާލު