24 ޖުލައި 2019 ( ބުދަ )

މިއަދުގެ މޭޑޭ މުޒާހަރާގެ ތެރެއިން ފޮޓޯ: އިބްރާހިމް ސައީދު

އިދިކޮޅު ފަރާތްތަކުގެ ބޮޑު މުޒާހަރާ -މެޑޭ 2015

މިއަދު ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ކުރިޔަށް ގެންދާ މުޒާހަރާ، މޭޑޭ 2015 ގިނަ އަދަދެއްގެ ބަޔަކާއެކު އާޓިފިޝަލް ބީޗުން ފަށައިގެން މަޖީދީމަގުގެ ހުޅަގުކޮޅަށް މަޑުކުރަުމަށް ފަހު ލީޑަރޝިޕްގެ ބޭފުޅުން ވާހަކަދެއްކިއެވެ. އަދި އެއިގެ ފަހުން އެކި ގްރޫޕްތަކުގައި އެކި ދިމަދިމާލުން ގްރީން ޒޯނާއި ދިމާލަށް މުޒާހަރާގެ ބައިވެރިން މިސްރާބު ޖެހި ތަން ފެނިގެން ދިޔައެވެ. އަދި އިރުއޮއްސުނު ފަހުން ގިނަ އަދަދެއްގެ އާއްމުގެ ތެރެއަށް ފުލުހުން ކުއްލި ކުއްލިއަށް ދުވެފައި ވަދެގަނެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފއަެވެ.

މިއަދުގެ މުޒާހަރާއަށް ފުވައްމުލަކުން ވެސް ވަނީ ގިނަ ބަޔަކު މާލެ ގޮސް މުޒާހަރާގައި ބައިވެރި ވެފައެވެ. އަދި މުޒާހަރާ ބައިބަޔަށް ބެހިގެން ދިޔަ އިރު ފުވައްމުލަކަށް ނިސްބަތްވާ ގިނަ ބަޔަކު ވަނީ ޗާންދަނީމަގުން ސީގަލް ކަންމައްޗާއި ދިމާލަށް ގޮސްފައެވެ. އެދިމާލުން މުޒާހަރާ ލީޑު ކުރުމުގައި ތޮލާލު/މާކޯނި ހަރަކާތްތެރިވިތަން ފެނުނެވެ. އަދި ތަންކޮޅެއް ދަންވެގެން ދިޔައިރު ނަޖާހު- އެންޑީ ވެސް މުޒާހަރާ ގްރޫޕެއް ލީޑްކުރަމުން ދިޔަތަން ފެނުނެވެ.

މުޒާހަރާގައި ފުލުހުން ވަނީ ވަރަށް ގިނަ ފަހަރު މުޒާހަރާގެ ބައިވެރިން ފަހާ ދުވެ މީހުން ހައްޔަރުކޮށްފައެވެ. ޕެޕަރ ސްޕްރޭއާއި، މުގުރު އަދި ސްޓަން ގްރެނޭޑް ވެސް ބޭނުންކުރި ކަމަށް މުޒާހަރާގެ ބައިވެރިން މައުލޫމާތު ދެއެވެ. ނަމަވެސް ފުލުހުންގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައި ވަނީ މުޒާހަރާގައި މުޅިން ވެސް ބޭނުންކުރީ ކުރިން ވެސް ބޭނުންކުރާ ނަންލީތަލް ހަތިޔާރު ކަމަށެވެ. ސީދާ ނަން ދަންނަވަން އެވަގުތު ދަތިކަމަށެވެ.
ފުލުހުން ގެ އެގްޒެކްޓިވް ބޯޑުން ބުނެފައި ވަނީ ފުލުހުން މުޒާރާ ކޮންޓްރޯލްކޮށްފައި ވަނީ ވަރަށް ޕްރޮފެޝަނަލް ކޮށް ކަމަށެވެ. ނަމަވެސް އާއްމުން ބުނެފައި ވަނީ ފުލުހުން ވަނީ ވަރަށް އަނިޔާވެރިކޮށް، އިހާނެތި ގޮތްގޮތުން މުޒާހަރާގެ ބައިވެރިންނާ ދޭތެރޭ އަމަލުކޮށްފައި ކަމަށެވެ.
މުޒާހަރާގެ ތެރެއިން 2 ފުލުހަކާއި ގިނަ އާމުންނަށް ވަނީ އަނިޔާ ލިބިފައެވެ. މުޒާހަރާއާއި ގުޅިގެން 190 މީހުން ހައްޔަރުކޮށް ފައިވާ ކަމަށް ރަސްމީ ހިސާބުތަކުން ދައްކާ ނަމަވެސް ސޯޝަލް މީޑީއާގައި މިއަދުދު މިއަށްވުރެ މާބޮޑުތަން ވެސް އިތުރެވެ. މުޒަހަރާގެ އެއް ލީޑަރު ޝެއިޚު އިްމރާނު ވަނީ ގެއްގައި ހުންނަވަނިކޮށް ކޯޓް އަމުރެއްެގ ދަށުން ހައްޔަރުކޮށްފައެވެ.
މާދަމާ ވެސް މިމުޒަހަރާ ކުރިޔަށް ގެންދާނެކަމަށް ގަލޮޅު ދެކުނު ދާއިރާގެ މަޖުލިސް މެމްބަރު މަޚުލޫފު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ޚިޔާލު