A wide advertisement which will be shown on all devices. (700 x 100)

އަތޮޅު ކައުންސިލަރ މުޖުތަބާގެ ބަންދަށް 15 ދުވަސް

މުޖޭ ކޯޓުން ނެރިގެން ގެންދަނީ. ފޮޓޯ: މުޖޭ ފޭސްބުކް ޕޭޖް

ފުވައްމުލަކު އަތޮޅު ކައުންސިލްގެ މެމްބަރ އަހްމަދު މުޖުތަބާ އަބްދުﷲ (މުޖޭ) 15 ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ.

މޭޑޭ އާއި ދިމާކޮށް އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި ބޮޑު މުޒާހަރާގައި ބައިވެރިވަމުން ދަނިކޮށް ފުލުހުން މުޖޭ ހައްޔަރުކޮށްފައިވަނީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އިއްޔެ މުޖޭ ކޯޓަށް ހާޟިރުކޮށްފައިވަނީ މެންދުރު ފަހު ވަގުތެއްގައެވެ. އަދި އޭނާގެ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން އިތުރަށް ތަހުގީގް ކުރިއަށް ގެންދިޔުމަށް ކޯޓުންވަނީ އަމުރުނެރެފައެވެ.

މުޖޭއާއި އެކު މުޒާހަރާގައި ބައިވެރިވި މީހަކު ބުނިގޮތުގައި ހަމަހިމޭންކަމާއި އެކު މުޒާހަރާގައި ބައިވެރިވަމުންދަނިކޮށް މުޖޭހައްޔަރުކޮށްފައިވަނީ އެއްވެސް އިންޒާރެއް ދިނުމެއްނެތިކަމަށެވެ. މުޖޭ ހައްޔަރުކޮށްފައިވަނީ ސީގަލް ކެފޭ ކައިރިންނެވެ.

މުޖޭގެ އިތުރުން ފުވައްމުލަކު އެމްޑީޕީއަށް ނިސްބަތްވާ ގިނަ ކައުންސިލަރުންތަކެއް މޭޑޭގެ މުޒާހަރާގައި ބައިވެރިވެފައިވެއެވެ. ހުކުރުދުވަހުގެ މުޒާހަރާ އާއި ގުޅިގެން 195 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. އަދި މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި ޕާޓީތަކުގެ އިސްލީޑަރުންވެސް ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހާދީފައިވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !