A wide advertisement which will be shown on all devices. (700 x 100)

މަންދު ކޮލެޖްއިން ހިންގާ ކޯސްތަކާއި ބެހޭ މައުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއް ބާއްވަނީ

މަންދު ކޮލެޖް އިން މިއަހަރު މެއި މަހުގެ ތެރޭގައި ފެއްޓުމަށް ހަމަޖެހިފައިވާ ކޯސްތަކާއި ވާރޗުއަލް ކެމްޕަހާއި ބެހޭ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް މިރޭ އޮންނާނެ ކަމަށް މަންދު ކޮލެޖް އިން ވިދާޅުވެއްޖެއެވެ.

މަންދު ކޮލެޖްގެ ރަޖިސްޓަރ މުނީޒާ އަފީފް ވިދާޅުވީ މިރޭ ފުވައްމުލަކު ތައުލީމީ މަރުކަޒުގައި ބާއްވާ ބައްދަލުވުމަށް އާންމުކޮށް ހުރިހާ ރައްޔިތުންނަށް ދައުވަތު ދޭކަމަށާއި މިރޭގެ ބައްދަލުވުމުގައި މަންދު ކޮލެޖްގެ ވަރޗުއަލް ކެމްޕަހާއި ބެހޭ މައުލޫމާތާއި އަދި އެކި ކޯސްތަކުގެ މައުލޫމާތު އާންމުނާއި ހިއްސާކުރުން އޮންނާނެކަމަށެވެ.

“މިރޭގެ ބައްދަލުވުމުގައި މަންދު ކޮލެޖް އިން ހިންގާ ތަފާތު ދާއިރާތަކުގެ ކޯސްތަކުގެ މައުލޫމާތު ދެވޭނެ، މީގެ ތެރޭގައި ތައުލީމީ، ޝަރޮއީ، ވިޔަފާރި އަދި އައިޓީ ދާއިރާތަކުގެ ކޯސްތައް ހިމެނޭ، ރަށުގައި ތިއްބަވައިގެން މިދާއިރާތަކުން މަތީ ތައުލީމް ހާސިލް ކުރާ ފަރާތްތަކަށް މިބައްދަލުވުމުން މައުލޫމާތު ތައް ލިބިގެންދާނެ” މުނީޒާ ވިދާޅުވިއެވެ.

މަންދު ކޮލެޖް އިން މިއަދުވަނީ ފުވައްމުލަކު ބައެއް މުއައްސަސާތަކާއި ބައްދަލުކޮށް ކޯސްތަކާއި ބެހޭ މައުލޫމާތު ހިއްސާކޮށްފައެވެ. އަދި އަތޮޅު ތައުލީމީ މަރުކަޒުގެ ގުރޭޑް 9 އިން 12 ގެ ދަރިވަރުންނަށް ހާއްސަކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަނެއްވެސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ.

މަންދު ކޮލެޖަކީ ރާއްޖޭގެ ކޮލެޖް ތަކުގެ ތެރެއިން ފާހަނގަކޮށްލެވޭ މިންވަރަކަށް ގިނަ ކޯސްތަކެއް ހިންގަމުން އަންނަ ފަރާތެކެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !