20 ޖުލައި 2019 ( ހޮނިހިރު )

އުރީދޫ އާއި ފުވައްމުލަކު އަތޮޅު ކައުންސިލްގެ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: މުޖުތަބާ ޢަބްދުﷲ

އުރީދޫގެ ޚިދުމަތް ފުވައްމުލަކުގައި ފުޅާކުރަނީ

އުރީދޫއިން ފުވައްމުލަކުގައި ދޭ ޚިދުމަތްތައް ތަރައްޤީކޮށް ފުޅާކުރުމާބެހޭގޮތުން މަޝްވަރާކުރުމަށް އަތޮޅު ކައުންސިލްގެ މެންބަރުންނާ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން އޮތީ މިދިޔަ އަންގާރަ ދުވަހު އަތޮޅު ކައުންސިލްގެ އިދާރާގައެވެ.
އުރީދޫ މޯލްޑިވްސްގެ ކޮމާޝަލް ޑައިރެކްޓަރާއި އަތޮޅު ކައުންސިލްގެ މެންބަރުންނާއެކު ބޭއްވި މި ބައްދަލުވުމުގައި، ފުވައްމުލަކުގައި އުރީދޫ އިން ދޭ ޚިދުމަތްތައް ތަރައްޤީކުރުމަށް ދެފަރާތް ގުޅިގެން ކުރެވޭނެ ކަންތައްތަކަކީ ކޮބައިކަން ދެނެގަތުމާބެހޭގޮތުން މަޝްވަރާކުރެވުނެވެ. އަދި އުރީދޫއިން މިހާރު ފޯރުކޮށްދޭ އުފެއްދުންތަކާއި ޚިދުމަތްތަކާގުޅޭ މަޢުލޫމާތު ކައުންސިލަރުންނަށް ދެވުނެވެ.
“އަދި މީގެ އިތުރުން ކުންފުނީގެ އިޖުތިމާޢީ ޒިންމާއަދާކުރުމުގެ ގޮތުން މިރަށުގައި ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނު”. އުރީދޫގެ ފުވައްމުލަކު ސެންޓަރގެ އިން ޗާޖް މުޙައްމަދު ނިޒާމް ޙަސަން އިތުރަށް ހާމަކުރެއްވި އެވެ.


ކިޔުންތެރިންގެ ޚިޔާލު