A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ކުނި ގޮނޑު ހުސްކުރުމަށް އެމްއާރުޑީސީ އާއި ހަވާލުކޮށްފި

ކުނިގޮނޑު ސާފުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އެންވަޔަރމަންޓްގައި ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން ފޮޓޯ:އެންވަޔަރމަންޓް މިނިސްޓްރީ

ފުވައްމުލަކުގެ ކުނި ގޮނޑު ހުސްކުރުމުގެ މަސައްކަތަށް 560،000 ރުފިޔާ އަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)އާ ހަވާލުކޮށްފި އެވެ. އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި ފުވައްމުލަކު ކުނި ގޮނޑު ހުސްކުރުމުގެ މަސައްކަތުގެ އިތުރުން ކުނި މެނޭޖުކުރުމުގެ މަސައްކަތްވެސް އެމްއާރޑީސީ އާއި ހަވާލުކުރެވުނެވެ. ކުނިގޮނޑު ހުސްކުރުމުގެ މި އެއްބަސްވުމުގައި މިނިސްޓްރީގެ އެންވަޔަރަމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތާރިގު އިބްރާހިމެވެ. އެމްއާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމެވެ.

ފުވައްމުލަކު ކުނި ގޮނޑު ހުސްކުރުމުގެ މަސައްކަތަށް ދެ މިލިއަން ރުފިޔާ ހަމަޖައްސާފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ހާމަކުރެއެވެ. އެ އަދަދު އެހާ ބޮޑުވެފައިވަނީ ކުނި ގޮނޑު ސާފުކުރުމުގެ އިތުރުން އެ ތަނަށް ބޭނުންވާ ބައެއް ސާމާނު ހޯދަން ޖެހޭތީ ކަމަށްވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !