22 ޖުލައި 2019 ( ހޯމަ )

މިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި ނަޝީދާއި، ޤާސިމާއި ޔާމީން ބައްދަލުކުރައްވަނީ. ފޮޓޯ: ޤާސިމް އިބްރާހީމް ޓްވިޓަރ

“އަޅުގަނޑު މިވަގުތު މިހުރީ އާގު ބޯޓެއް ޑޮކަށްލާން ބެންކޮކުގައި” – ޤާސިމް

މެއި 1 ގެ މުޒާހަރާއަށް ޚަރަދުކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރުމަށް ކޯޓު އަމުރު ނެރެފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ބެންކޮކުގައި ހުންނެވީ އާގު ބޯޓެއް ޑޮކަށްލާން ޖެހިގެންކަމަށް އޭނާ ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ޤާސިމް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ޤާސިމް ހައްޔަރުކުރުމަށް ބުދަ ދުވަހު ކޯޓު އަމުރު ނެރުނު އިރުވެސް އޭނާ ރާއްޖެއަކު ނޫޅުއްވައެވެ. އަދި މެއި 1 ގައި އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި ބޮޑު މުޒާހަރާގެ މާ ކުރިން އޭނާވަނީ ބޭރަށް ވަޑައިގެންފައެވެ.
ޤާސިމް އިބްރާހީމް ހައްޔަރުކުރުމަށް ކޯޓު އަމުރުނެރެފައި މިވަނީ އޭނާ ޗެއަރމަންކަން ކުރައްވާ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީގެ އެކައުންޓްތައް ފްރީޒްކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެ އެކައުންޓުތައް ފްރީޒްކުރިއިރު އެކުންފުނީގެ އެއްވެސް އެކައުންޓެއްގައި ފައިސާއެއް ނެތެވެ.
ޤާސިމް އިބްރާހިމް ވަނީ ސަރުކާރުގެ ކޯލިޝަނުން ވަކިވެވަޑައިގަތުމަށްފަހު ސަރުކާރާ ދެކޮޅަށް އިޙްތިޖާޖުކޮށް ޕްރެޝަރުކުރައްވާފައެވެ. އެހެންނަމަވެސް ވިލާ އިން ސަރުކާރަށް ދައްކަންޖެހޭކަމަށް ބުނާ 100 މިލިޔަން ޑޮލަރުގެ މައްސަލައަށްފަހު، އިދިކޮޅު ފަރާތްތަކުގެ ޙަރަކާތްތަކުން އޭނާ ފެނިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ޚިޔާލު