A wide advertisement which will be shown on all devices. (700 x 100)

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކަކާއިއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

ފުވައްމުލަކު އަތުލައިގަތް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ރަބަރު ހޮޅިކޮޅު ފޮޓޯ:މޯލްޑިވްސް ޕޮލިސް ސަރވިސް

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ރަބަރު 10 ހޮޅި ކޮޅާއި އެކު 21 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މިތަކެތި ފެނިފައިވަނީ އާންމު ފަރާތަކުން ކުރި ރިޕޯރޓަކާއި ގުޅިގެން ފުވައްމުލަކު ދިގުވާނޑު މައިގެދަރު ބަލައިފާސް ކުރުމުގެ ތެރެއިންނެވެ.

މިދިޔަ ހުކުރު (މެއީ 15) ދުވަހުގެ 19:00 ހާއިރު އާއްމު ފަރާތަކުން މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުވައްމުލައް، ދިގުވާނޑު. މައިގެދަރު ބަލައިފާސް ކުރަމުން ދަނިކޮށް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 10 ރަބަރުގެ ހޮޅި ކޮޅު ފެނިފައިވަނީ އެގޭ ކޮޓަރި ތެރޭގައި ހުރި ހެދުން އަޅުވާ ހަރެއްގެ މަތީގައި ބާއްވާފައި އޮތް ޖިންސެއްގެ ކަނާތް ފަރާތު ޖީބުން ކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 21 އަހަރުގެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން މައްސަލަ ތަޙުޤީޤު ކުރަން 10 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !