A wide advertisement which will be shown on all devices. (700 x 100)

ޓެކްސް ނުދައްކާ ލިސްޓަށް މެންބަރު ޝާހު

ފުވައްމުލަކު އުތުރުދާއިރާގެ މެމްބަރު އަލީ ޝާހް. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

މިދިޔަ އަހަރުގެ ފަހު ކުއާރޓަރގެ ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ލިސްޓުގައި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ހިމެނިއްޖެއެވެ. މީރާއިން އާންމުކުރި މިލިސްޓްގައި އަލީ ޝާހުގެ އިތުރުން ފުވައްމުލަކު ގައި ވިޔަފާރި ކުރާ 15 ފަރާތެއްގެ ނަން ވަނީ އާންމު ކޮށްފައެވެ.

މީރާއިން އާންމު ކުރި ފަރާތްތަކަކީ، ސިޓީ ޕާރކް، ތިލަހަ އިންވެސްޓްމަންޓް، އައިލެންޑް ޕްލަސް، ސިޓީ ޕާރކް، މާވަޑިޔާ، ޓްރައިވޭސް އިންވެސްޓްމަންޓް، ރެޑް ބަޑް، ފްލައި ފެޝަން، އެންމުލި އިންވެސްޓްމަންޓް، ވަން އޮން، ޝާވަ، ރޮކް ސޯލްޓް، ސަފިކްސް، ޔޫރޯ ކޯނަރ، ރިއަލް ވިން މޯލްޑިވްސް, ލޭމަރ އެވެ. މީގެ ތެރެއިން ރެޑް ބަޑް ރަޖިސްޓްރީ ކުރެވިފައިވަނީ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު ދޫރެސް އަލީ ޝަހުގެ ނަމުގައެވެ. ޖީއެސްޓީ ނުދައްކާ ފަރާތްތައް ކަމަށް މީރާއިން އާންމު ކުރާ ފަރާތްތަކަކީ ޖީއެސްޓީ އަށް ރަޖިސްޓްރީ ކުރުމަށްފަހު ޖީއެސްޓީ ނުދައްކާ ފަރާތްތަކެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !