A wide advertisement which will be shown on all devices. (700 x 100)

ޔޫތުމިނިސްޓަރުކަމުން މަލީޙު ވަކިކޮށްފި

މަލީޙު ޖަމާލު: މިސަރުކާރުގެ ޚިދުމަތްތެރި އެއް

ރައީސް އަބްދުﷲ ޔާމީނު ސަރުކާރުގެ ޔޫތު މިނިސްޓަރުކަމުގެ މަޤާމުން މަލީޙު ޖަމާލު މިއަދު ހެނދުނު ވަކިކޮށްފިއެވެ.

މިއަދު ހެނދުނު ސުނާމީ ބިނާ ސަރަޙައްދުގައި ބޭއްވި މާލެ-ހުޅުމާލެ ބްރިޖު ސާވޭ 2ގެ ރަސްމިއްޔާތު އިފުތިތާޙުކުރުމުގައި އަދީބާއެކު މަލީޙު ވަނީ ބައިވެރިވެފައެވެ. މިކަލް ނޫހަށް މަޢުލޫމާތު ލިބުނު ގޮތުގައި މަލީޙު ސުނާމީ ބިނާ ސަރަޙައްދަށް ފޮނުވާލުމަށްފަހު، ރައީސް ޔާމީނު ވަނީ މަލީޙު މިނިސްޓަރުކަމުން ވަކިކޮށް، އާ ބޭފުޅުންނަށް މިނިސްޓަރުކަން ދެއްވާފައެވެ. އަދި ހަމަ ހެނދުނު މިނިސްޓަރުކަން ހަވާލުކުރުމުގެ ރަސްމިއްޔާތު ވެސް ވަނީ ރައީސް އޮފީހުގައި ބާއްވާފައެވެ. މިނިސްޓަރުކަން ދެއްވާފައިވަނީ ދާދި ފަހުން ހެލްތު މިނިސްޓަރުކަން ދެއްވި އަޙުމަދު ޒުހޫރަށް ޔޫތު އަދި ސްޕޯރޓްސް މިނިސްޓަރުކަން އަދި ހެލްތު މިނިސްޓަރުކަމަށް އިރުތިޝާމު އާދަމް ވަނީއައްޔަން ކުރައްވާ ފައެވެ.

ބްރިޖު މަޝްރޫއުގެ ރަސްމިއްޔާތައް ފަހު މިނިސްޓަރު މަލީހު އޮފީހަށް ދިޔައިރު ވަނީ މަގާމުން ވަކިކޮށްފައެވެ.

މިސަރުކާރު ގެނައުމަށް ބުރަ މަސައްކަތްތަކެއް ކޮށް ދިން މަލީޙު ފާހަނގަ ކުރެވިފައި ވަނީ މިއަދާއި ހަމަޔަށް ވެސް ސަރުކާރުގައި ފާހަނގަކޮށްލެވޭ ވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދެމުން އައި ހަރަކާތްތެރި، ޒުވާނުންނާއި ގުޅޭ މިނިސްޓަރެއްގެ ގޮތުގައެވެ. އަދި މިސަރުކާރުގައި ހިމެނޭ މިނިސްޓަރުންގެ ތެރެއިން އިދިކޮޅު ފަރާތްތަކުން ވެސް ފާޑު ކިޔުން މަދު ޒުވާން ބޭފުޅެއްގެ ގޮތުގައެވެ. މުޅިރާއްޖޭގެ އެކި ހިސާބަށް ދަތުރުކުރައްވައި ޒުވާނުންނާއި ކުޅިވަރުގެ ޙާލަތު ބަދަލުކޮށްލެވުމުގައި ގިނަގުނަ ކަންތައްތައްކެއް ކޮށްދެވަމުން ގެންދެވި ބޭފުޅެކެވެ. އެގޮތުން ރާއްޖޭގެ އެކިހިސާބުތަކުގައި މިހާތަނަށް އެޅި ފުޓުސަލް ދަނޑުތަަކާއި ޒުވާނުންނާއި ގުޅޭ ތަފާތު ގިނަކަންކަން ކޮށްދެއްވައި ގިނަބައެއްގެ ލޯބި ހޯދާފައިވެއެވެ.

މަލީޙު މިނިސްޓަރުކަމަށް އައްޔަން ވެ މާގިނަ ދުވަސްތަކެއް ނުވެ މިކަލްނޫހުގެ އިސް ފަރާތްތަކާއެކު ޔޫތު މިނިސްޓްރީގައި ބޭއްވުނު ބައްދަލު ވުމެއްގައި، ބައްދަލުވުމުގެ މެމްބަރަކު މަލީހުއަށް މިމެސެޖު (މިނިސްޓަރުކަމުން ވަކިކުރުމުގެ) ދީފާއިވާކަން ފާހަނގަކުރެވެއެވެ.
އެދުވަހުގެ ބައްދަލުވުމުގައި އެމައުލޫމާތު ހިއްސާކުރި ފަރާތުން މަލީޙަށް ދެންނެވި ގޮތުގައި ޕީޕީއެމް ކައުންސިލް މެމްބަރުންގެ ތެރޭގައި މަލީޙު އާއި އަމީން ވަކިކުރުމުގެ ވާހަކަ ދެކެވޭ ކަމަށާއި އަދި ޕީޕީއެމް ގެ ކައުންސިލް މެމްބަރަކު، މިސަރުކާރުގެ ވެސް ހިމެނޭ އިސް ފަރާތަކުން ވަރަށް ޔަގީން ކަމާއެކު، މަލީހު މެންނަށް އެގޮތުގައި ( މިނިސްޓަރުކަމުގައި) ނުތިބެވޭނެ ކަމަށް ބުނެފައި ވާކަމަށް ހާމަކުރިއެވެ.
އެކަމަށް މަލީހުގެ ޖަވާބަކަށް ވީ ރާއްޖޭގެ ރައްޔިތުން ބަލައި ނުގެން އޮތްވައި ޕީޕީއެމް މީހުންނަށް ވިއްކުމަށް މަލީހުއާއި އަމީނު އަދި ޖަމީލު މުޅި ރާއްޖޭގެ ކަންކޮޅުތަކަށް ތަފާތު ޕްރެޒެންޓޭޝަންސްތައް ހައްދަވައިގެން މީހުންނަށް ވިސްނައިދިނުމަށް ކުރެއްވި މަސައްކަތް ޕީޕީއެމްގެ މެމްބަރުން ބަލައިގަންނަ ކަމަށާއި އެކަން ދުވަހެއް ދުވަހަކަށް ރަގަނަޅުވަމުން އަންނާނެކަމަށެވެ. އަދި ރައީސް ޔާމީނު ވެސް ބައްލަވާނީ މިނިސްޓްރީގެ ޕާފޯމަންސަށް ކަމަށް ވާއިރު އޭނާ މިނިސްޓްރީ ހިންގަވައި ޤާބިލިކަން ސާބިތުކޮށްދެއްވާނެ ކަމަށެވެ.
ތެދެކެވެ. މަލީހު ހިންގެވި މިނިސްޓްރީ ނުހިނގާކަމަށް އެއްބަސްވާނެ މީހުން މަދުވާނެއެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނާ ގޮތަށް ރައީސް ޔާމީނު ބޭނުންވުމުން، ހިންގޭތޯ ނުހިންގޭތޯއެއް، ދުނިޔެއަކަށް، ހަމަޔެއް ލަމަޔެއް އުސޫލަކަށް ބެލުމެއް ނެތި ބޭނުން ކަމެއް ބޭނުން ގޮތަކަށް ކުރައްވާނެ ކަން ހާމަވަނީ މިނިސްޓަރުކަމުން މަލީޙު ވަކިކުރެއްވުމުގައި މަލީހުގެ އެއްވެސް ނުކިއްސަރުކަމެއް ހާމަކުރެވިފައި ނެތުމުންނެވެ.
މިނިސްޓަރުކަމުން ވަކިކުރާ މީހުންގެ ލިސްޓު ނިމުނީ ނޫންކަމަށް ކިޔުންތެރިންނާއި ބެލުން ތެރިން ހާމަކުރެއެވެ. އެގޮތުން އާއމުންގެ ތެރޭގައި ކިޔޭ ނަންތަކުގެ ތެރޭގައި ރައީސް އޮފީހުގެ މިނިސްޓަރު އަމީނާއި، ހޯމް މިނިސްޓަރު އުމަރުނަސީރާއި، ނާއިބުރައީސް ޖަމީލު ވެސް ހިމެނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !