24 ޖުލައި 2019 ( ބުދަ )

މަންދު ކޮލެޖް އިން ފުވައްމުލަކަށް 100 ސްކޮލާޝިޕް

މަންދު ކޮލެޖް އިން ފުވައްމުލަކު ރައްޔިތުންނަށް ހާއްސަކޮށް 100 ސްކޮލާޝިޕް ދިނުމަށް ނިންމައިފިއެވެ.

މަންދު ކޮލެޖްގެ އޮފިޝަލަކު ވިދާޅުވީ މިއަހަރު ސެޕްޓެމްބަރ މަހު ސެމިސްޓަރ ކިޔެވުން ފެށޭގޮތަށް ފުވައްމުލަކަށް ހާއްސަކޮށްގެން 100 ސްކޮލާޝިޕް ދިނުމަށް މަންދުކޮލެޖްގެ ކޮލެޖް ކައުންސިލް އިން ނިންމާފައިވާކަމަށެވެ.

“މިސްކޮލާޝިޕަށް އެޕްލައި ކުރުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 27 ވަނަ ދުވަހު، އަދި އެޕްލިކޭޝަން ހުށަހަޅަންޖެހެނީ ފުވައްމުލަކު އަތޮޅު ކައުންސިލަށް” މަންދު ކޮލެޖް އިން ވިދާޅުވިއެވެ.

މަންދުކޮލެޖް އިންވަނީ ދިވެހިރާއްޖާގައި މަތީތައުލީމްގެ ގިނަ ގުނަ ފުރުސަތުތަކެއް ތަނަވަސްކޮށްދީފައެވެ. އަދި މިއަހަރާއި މިދިޔައަހަރާއި އެކު 800 އަށްވުރެ ގިނަ ސްކޮލާޝިޕް ތަފާތު ރަށް ތަކަށް ހުޅުވާލައިގެން ކުރިއަށްގެންގޮސްފައިވެއެވެ.


ކިޔުންތެރިންގެ ޚިޔާލު