A wide advertisement which will be shown on all devices. (700 x 100)

ނާއިބު ރައީސް އަމިއްލަ ދަތުރުފުޅެއްގައި ފުވައްމުލަކަށް

ނާއިބުރައީސް ޑރ. ޖަމީލު

ދިވެހިރާއްޖޭގެ ނާއިބު ރައީސް އަލްއުސްތާޒު ޑރ. މުޙައްމަދު ޖަމީލު އަޙުމަދު އަމިއްލަ ދަތުރުފުޅެއްގައި އުފަންރަށް، ފުވައްމުލަކަށް ވަޑައިގެންފިއެވެ.
ޑރ. ޖަމީލުގެ މިދަތުރުފުޅަކީ ފުވައްމުލަކު ސްކޫލުގެ އަހަރީ ދުވަހާއި ގުޅުވައިގެން ނިމުނު ހަފުތާގެ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އަމިއްލަ ގޮތުން ބައިވެރިވެ ވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެއްކަމަށް މިކަލް ނޫހަށް މައުލޫތު ދިން ފުވައްމުލަކު ސްކޫލުގެ ޓީޗަރަކު ހާމަކުރިއެވެ. އެރަސްމިއްޔާތު ކުރިޔަށް ދިޔައީ ދަރިވަރުންގެ އެސެމްބްލީއަކާއި އެކު ކުރީގެ ދަރިވަރުންނާއި އަދި ޓީޗަރުން ގެ ފަރާތުން ޝޫއޫރު ފާޅުކުރުމާއި މުނިފޫހިފިލުވުމުގެ އައިޓެމެއް ވެސް ހިމެނޭގޮތަށެވެ. ނާއިބު ރައީސް ޑރ. ޖަމީލު ދެއްކެވި ވާހަކަ ފުޅުގައި ކިޔެވި ސްކޫލުގައި އަދި އުފަން އަވަށުގެ ގިނަ ބަޔަކާއި ބައްދަލުކޮށްލުމަށް މިފަދަ ފުރުސަތެއް ލިބުމުން އުފާކުރާ ކަމަށް ވިދާޅުވިއެވެ.
ސިޔާސީ ފަރާތްތަކުން ސިފަކުރާ ގޮތުގައި ނާއިބު ރައީސްގެ މިދަތުރުފުޅަކީ މިހާރު ހަލަބޮލިވެފައިވާ ގައުމުގެ ސިޔާސީ މަސްރަހާއި ކުޑަކޮށް އެކަހެރިވެލުމުގެ ގޮތުން ބޭނުންކުރެއްވި ކުރު ޗުއްޓިއެއްކަމަށްވެ. އަދި ރައީސް ޔާމީނާއި ނާއިބުރައީސްގެ ގުޅުން އެހާ ރަނގަޅު ނޫންކަމަށް އަންނަނީ ތަފާތު ވާހަކަތައް ދެކެވެމުންނެވެ.
ނާއިބުރާއީސާއި އާއިލާގޮތުން ތިމާގެ ބޭފުޅެއް ކަމަށްވާ، ޔޫތުމިނިސްޓަރު މަލީހު ޖަމާލު މިނިސްޓަރުކަމުން ވަކިކުރުން ވެސް އައީ ޖަމީލުގެ މިދަތުރުފުޅުގެ އެއްދުވަސްވަރެއްގައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !