17 ނޮވެމްބަރ 2018 ( ހޮނިހިރު )

banner

މަތީގައި: ފީފާގެ ކަރަޕްޝަން ތުހުމަތުގައި ހައްޔަރުކުރެވިފައިވާ 7 އޮފިޝަލުން. ތިރީގައި ކާޓޫނިސްޓަކު 2010ގައި ދައްކުވައިދީފައިވާ ފިފާ ކޮރަޕްޝަން

ފީފާގެ އިންތިޚާބަށް ތައްޔާރުވެފައި ވާއިރު ކޮރަޕްޝަންގެ އަޑުގަދަ ވެފައި

އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަ ޖެހިފައިވާ ދުނިޔޭގެ ފުޓުބޯޅަ ޖަމްއިއްޔާ (ފީފާ) ގެ އިންތިޚާބާއި ދިމާކޮށް ކޮރަޕްޝަނާއި ރިޝްވަތުގެ އަޑު ކުރިން ހީނުކުރާ ހާ ގަދަ ވެއްޖެއެވެ. މިފަހަރުގެ ތުހުމަތުތަކުގައި 150 ބިލިއަން ޑޮލަރުގެ ކޮރަޕްޝަން ހިގާފައިވާ ކަމަށް އެމެރިކާގެ ސަލާމަތީ އިދާރާތަކުން ބުނެއެވެ.
މިފަހަރުގެ ކަރަޕްޝަން މައްސަލަ ތިލަ ކޮށްފައިވަނީ އާދައިގެ ބައެއްވެސް ނޫނެވެ. އެމެރިކާގެ އެފްބީއައި އިންނެވެ. އެމެރިކާގެ އެފްބީއައިގެ ހުށަހެޅުމަށް ސުވިޒަލޭންޑުން ވަނީ ފީފާގެ އިސް 7 އޮފިޝަލުންނާއި އެކު ޖުމްލަ 14 އޮފިޝަލަކު މިއަދު ހައްޔަރުކޮށް ތަހުގީގު ފަށާފައެވެ. ހައްޔަރުކުރި ފަރާތްތަކުގެ ތެރޭގައި ފީފާގެ ނާއިބު ރައިސް ވެސް ހިމެނެއެވެ. އަދި މިހާތަނަށް ފީފާގެ ރައީސް ސެޕް ބްލެޓަރ ހައްޔަރު ނުކުރެވުނު ކަމުގައި ވިޔަސް މި ތުހުމަތުތަކުގައި ބްލެޓަރ އާއި ވެސް ސުވާލު ކުރެވޭނެ ކަމަށް ސްވިޒަރލޭންޑްގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
ފީފާގެ އިސްފަރާތެއް ކަމަށްވާ ޔެކް ވާނަރގެ މައްޗަށް 150 މިލަޔަން ޑޮލަރުގެ ރިޝްވަތުގައި ހިފި ކަމުގެ ތުހުމަތު ވެސް ވަނީ ކުރެވިފައެވެ.
ފުޅާ ދާއިރާއެއްގައި ފީފާގެ ތެރޭގައި ކޮރަޕްޝަން ހިނގައިގެން މިދިޔަ ފާއިތުވި 10 އަހަރު ތެރޭގައި ކަމަށް ވެފައި އަދި ރައީސް ސެޕް ބަލެޓަރގެ 4 ދައުރުގެ ތެރޭގައި ކަމަށްވާތީ ކޮރަޕްޝަންގެ ތުހުމަތުން ސެޕްބްލެޓަރއަށް ވެސް ރެކެވޭ ގޮތެއް ނުވާނެ ކަމަށް ބެލެވެއެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ބޭއްވި ނޫސް ކޮންފަރެންސެއްގައި މިއަދު ވަނީ ގުޅުންހުރި ގިނަކަންކަމުގެ މައުލޫމާތު ހާމަކުރަން ފަށާފައެވެ. އެމެރިކާގެ އެޓާނީ ޖެނެރަލް ހާމަކުރެއްވި ގޮތުން މިއީ އަދި މިބޮޑު ކޮރަޕްޝަންގެ ތަހުގީގުގެ ފެށުމެއްކަމަށް ވިދާޅުވިއެވެ.
ފީފާގެ އިސްވެރިންގެ މައްޗަށް ކޮރަޕްޝަނާއި ރިޝްވަތުގެ ތުހުމަތުތައް ކުރެވިފައިވާ ބޮޑެތި ކަންތައްތަކުގެ ތެރޭގައި 2018ގެ ވޯލްޑްކަޕް ރަޝިއާގައި ބާއްވަން ނިންމުމާއި 2022ގައި ގަތަރުގައި ވޯލްކަޕް ބޭއްވުމަށް ނިންމާފައިވާ ނިންމުން ވެސް ހިމެނެއެވެ. ނަމަވެސް މިދެމުބާރާތް ބާއްވަން އަދިވެސް އޮތީ ހަމަ އެގޮތުގައި ކަމަށް ފީފާއިން ބުނެއެވެ.
ފިފާ ގެ ރައީސް ސެޕްބްލެޓަރގެ މީޑިއާ ސްޓޭޓްމެންޓެއްގައި ވިދާޅުވީ، މިއީ މުޅި ފުޓުބޯޅައަށް ދަތި އުނދަގޫ ދުވަސްތަކެއް ކަމަށެވެ. މިކަމުގެ ސަބަބުން ގިނަ ފަރާތްތަކަކަށް ކުރިމަތިވާނެ މާޔޫސުކަމާއި އަދި މިއަދުގެ ހާދިސާގެ ސަބަބުން ފީފާގެ އިސްވެރިންނާއި މެދު އާއްމުން ދެކޭގޮތަށް ވެސް އަސަރު ކުރާނެކަމަށް ވިދާޅުވިއެވެ. މި ބަދުނަސީބު ކަނތައްތަކުގެ ތެރޭގައި ވެސް ފީފާއިން ސާފުކޮށް ބުނަން ބޭނުންވަނީ އެމެރިކާ އަދި ސުވިޒަރލޭންޑުން ގުޅިގެން ހިންގާ ތަހުގީގަށް މަރުޙަބާ ކޔާކަމަށާއި އެކަމަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. އަދި މިފަދަ ތަހުގީގެއްގެ ސަބަބުން ފީފާއިން ފަށާފައިވާ މިފަދަ ނޭދެވޭ ކަނަތއްތައް ހުއްޓުވމުގެ ހަރަކާތަތއކަށް އެހީތެރިކަން ލިބިގެން ދާނެކަމަށް ވިދާޅުވިއެވެ.
މީގެ ދުވަސްތަކެއް ކުރިން، 2011 ގައި ވެސް ވަނީ ފީފާގެ އިސްފަރާތްތަކަށް ކޮރަޕްޝަނާއި ރިޝްވަތުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައެވެ. އަދި އެގޮތުން މިނިމޭ ދައުރަށް ރައީސް ކަމަށް ކުރިމަތިލި އޭޝިއާގެ ކޮންފެޑެރޭޝަނުގެ ރައީސް މުހަންމަދު ބިން ހައްމާމު ގެ މައްޗަށް ކޮރަޕްޝަނާއި ރިސްވަތުގެ މައްސަލަ ތަހުގީގުކޮށް ކެންޑިޑެންސީ ބާތިލުކޮށް އުމުރުދުވަހަށް ފުޓުބޯޅައިން ވަނީ ސަސްޕެންޑުވެސް ކުރެވިފައެވެ.

މިފަހަރުގެ މައްސަލަތަކާ ގުޅިގެންފީފާގެ އެންމެ ބާރުގަދަ ކޮންފެޑެރޭޝަން، ޔޫއެފާއިން ވަނީ ފީފާގެ ރައީސަކު ހޮވުމުގެ އިންތިޚާބު ފަސްކުރުމަށް ގޮވާލާފައެވެ.

banner

ކިޔުންތެރިންގެ ޚިޔާލު