A wide advertisement which will be shown on all devices. (700 x 100)

ފިފާގެ ރައީސަކު ހޮވުން 2015

މިރޭގެ ވަގުތެއްގައި ސްވިޒަރލޭންޑްގެ ޒިއުރިކްގައި ފީފާގެ ރައީސަކު ހޮވުމުގެ އިންތިޚާބު ބޭއްވޭނެއެވެ. މިފަހަރުގެ އިންތިޚާބަށް ކުރިން 5 ފަރާތަކުން ކުރިމަތިލި ކަމުގައި ވިޔަސް މިހާރު އޮތީ އެންމެ 2 ނަމެވެ. އެއީ ފީފާގެ މިހާރުގެ ރައީސް، ސްވިޒަރލޭންޑްގެ ސެޕް ބްލެޓަރ އާއި އީސްޓް އޭޝިއާ ފެޑެރޭޝަނުން ޖޯޑަންގެ ޕްރިންސް އަލީ ބިން އަލް ހުސައިން އެވެ.

ސެޕް ބްލެޓަރ: 79 އަހަރު، 5 ވަނަ ދައުރަކަށް ރައީށް ކަމަށް ނިކުމެފައި. ބްލެޓަރ އަށް ވަނީ ފުޓުބޯލައިގެ އެންމެ ބާރުގަދަ ޔޫރަޕުގެ ތާއީދު ގެއްލިފައެވެ. އޭނާއަށް އޭޝިޔާ އަދި އެފްރިކާ ރަޝިއާގެ ތާއީދު އެބަ އޮތެވެ. އަދި ބޮޑަށް ބެލެވެނީ މިއަންތިޚާބުގައި ވެސް ބްލެޓަރގެ ނުފޫޒު ދގަދަ ވާނެ ކަމަށެވެ. އަދި އިންތިޚާބު ކާމިޔާބުކުރެއްވުގެ ފުރުސަތު ވެސް ބޮޑުކަމަށެވެ.
ބަލެޓަރ ވަނީ 40 އަހަރު ފީފާގައި އެކި ވަޒީފާތަކުގައި ހޭދަކޮށްފައެވެ. އަދި ފީފާގެ އެގްޒެކްޓިވް ކޮމެޓީތަކުގެ މުސާރަ ބްލެޓާރ ވަނީ 2010 ން 2014 އާއި ދެމަދު %95 އަށް ބޮޑުކޮށްފައެވެ. މިއާއެކު ފީފާގެ އެތެރޭގައި ބްލެޓަރގެ ތާއިދު ވަރަށް ބޮޑެވެ.
ޕްރިންސް އަލީ ބިން އަލްހުސޭން: 39 އަހަރު، އަކީ ފިފާގެ އެހާ ނުފޫޒު ގަދަ ފަރާތެއް ނޫނެވެ. ޖޯޑަންގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ކަމުގައި ހުރެ ވެސްޓް އޭޝިއަން ފުޓުބޯޅަ ފެޑެރޭޝަން އުފެއްދެވިއެވެ.
ބްލެޓަރގެ އަމާޒު: ފިފާއާއި މެދު އިތުބާރު ރަނގަޅުކުރުމާއި ދެފުށްފެންނަ ހާމަކޮށް ފީފާގައި ގެންގުޅުމާއިފެއަރ ޕްލޭ އެވެ. “ފުޓުބޯޅަ އެންމެނަށް އެންމެން ފުޓުބޯލައަށް”.
ޕްރިންސް އަލީގެ އަމާޒު: ފުޓުބޯޅާގައި ހުރި އިދާރީ ދެބަސްވުންތައް ނައްތާލައި، ކުޅިވަރަށް އަމާޒު ސީދާ ކުރުން. އަދި ދެފުށް ފެންނަ، ފައިދާތައް މިހާރަށްވުރެ ހަމަހަމަ ގޮތެއްގައި ބެހުން ކަމަށް ވެއެވެ.
ފީފާގައި ވޯޓްލަނީ ކިހިނެތް؟
ފީފާގެ ކޮންމެ މެންބަރަކަށް ވެސް އެއްވޯޓުލެވެއެވެ. އެއީ އާބާދި ކިތަންމެ ބޮޑަށް ކުޑަޔަށް އެއްވޯޓްލާން ފުރުސަތު ލިބެއެވެ. ފީފާގެ ހުރިހާ މެންބަރުންނަކީ މިނިވަން ގައުމުތަކެއް ވެސް ނޫނެވެ. އެގޮތުން ކެރީބިއަންގައި އޮންނަ އިނގިރޭސި ސަރަހައްދެއް ކަމަށްވާ 4900 މީހުންގެ އާބާދީ ހިމެނޭ މޮންސެރަޓް އަށް ވެސް އެއްވޯޓު ލެވޭނެއެވެ. ޗައިނާ އިންޑިއާ ޖަރުމަނަށް ވެސް ލެވޭނީ އެއްވޮޓެވެ. ޖުމްލަ 209 މެމްބަރުން އޭބީސީޑި ތަރުތީބުން ވޯޓުލާނީ ކަރުދާސްކޮޅެއްގައި ފާހނަގަ ޖަހާ ގޮތަށެވެ. ފުރަތަމަ ބުރުން އިންތިޚާބު ކާމިޔާބު ކުރުމަށް 3 ބައިކުޅަ 2 ބައި، 140 ވޯޓު ހޯދަން ޖެހެއެވެ. ދެވަނަ ބުރެއްގައި މެޖޯރިޓީ 105 ވޯޓުން ފުދެއެވެ.

މިފަހަރު ވޯޓު ލާނީ:
އެފްރިކާ (ކެފް)- 54 ވޯޓް
ޔޫރަޕް (ޔޫއެފާ) – 53 ވޯޓު
އޭޝިއާ (އޭއެފްސީ) – 46 ވޯޓު
އުތުރު އަދި މެދު ތެރެ އެމެރިކާ (ކޮންކަކަފް) – 35 ވޯޓް
އޯޝަނިއާ (އޯއެފްސީ) – 11 ވޯޓް
ދެކުނު އެމެރިކާ (ކޮންމެބޮލް) – 10 ވޯޓު

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !