A wide advertisement which will be shown on all devices. (700 x 100)

ދެކުނު ޕްރޮވިންސް ގެ ދަތުރު ފަތުރު ޚިދުމަތް އެމްޕީއެލް އާއި ހަވާލުކޮށްފި

ފުވައްމުލަކާއި އައްޑު އަތޮޅުގެ ރަށްތަކަށް ދަތުރު ފަތުރު ޚިދުމަތް ފޯރުކޮށް ދިނުމާއި ގުޅޭ ގޮތުން އެމްޕީއެލް އާއި ސަރުކާރާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިއްޔެއެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އެވެ. އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެތަނުގެ ސީއީއޯ މަހުދީ އިމާދެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރު ސައީދު ވިދާޅުވީ، އެއްބަސްވުމުގައި ސޮއިކުރުމާއި އެކު އެ ދެ ރަށުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ މައްސަލައަށް ދިމާވެފައިވާ ދަތި ކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.
އެމްޕީއެލްގެ ފަރާތުން އެކުންފުނީގެ ޗެއަރމަން ވިދާޅުވީ “މި ދެރަށު ގައި މިކަމަކީ އާ ކަމެއް ނޫން. މިކަމަކީ ކުރިން ވެސް ކޮށްފައި އޮތް ކަމެއް. އެހެންވީމަ އަޅުގަނޑުމެންނަކަށް މިކަމަކީ އުނދަގޫ ކަމަކަށް ވެގެނެއް ނުދާނެ. ދެން އައްޑޫ ހިތަދޫގައި ހަތަރު ބަސް ހުޅުމީދޫގައި ދެ ބަސް އަދި ފުވައްމުލަކުގައި ވެސް ދެ ބަހުގެ ހިދުމަތް ދޭން މި ވިސްނަނީ. ދެން އެކަން އަޅުގަނޑުމެން އިންކުރީޒް ކުރަމުންދާނީ” އެވެ.

މިއެއްބަސްވުމުގެ ދަށުން ފުވައްމުލަކުގައި ބަހުގެ ޚިދުމަތާއި، ފުވައްމުލަކާއި އައްޑު އަތޮޅާއި ދޭތެރޭ ސްޕީޑް ފެރީގެ ޚިދުމަތާއި އައްޑު އަތޮޅުގެ ރަށްތަކަށް އެއްގަމާއި ކަނޑުގެ ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭން ޖެހެއެވެ. މިދަތުރުތައް ފޯރުކޮށް ދޭން ފަށާނީ ކުރިންވެސް ކުރަމުން އައި އަގުތަކުގައި ކަމަށް އެމްޕީއެލް އިން ހާމަކުރެއެވެ.

މިފްކޯ އާއި ހަވާލުކުރި ކަމަށް ކުރިން މީޑިއާއަށް އާންމުވެފައިވާ ދެކުނު ޕްރޮވިންސްގެ ދަތުރު ފަތުރުގެ ޚިދުމަތަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ އެމްޕީއެލްގެ އިތުރުން އެމްޓީސީސީއިން ކަމަށްވެސް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ.

ފަހަކަށް އައިސް އެމްޕީއެލް އިން ދަނީ ދަތުރު ފަތުރުގެ ޚިދުމަތުގެ ތެރެއަށް ވަނުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން، އެމްޕީއެލް އާއި އެމްޓީސީސީ އާއި އެޗްޑީސީ އާއި ދެމެދު ހުޅުމާލޭގެ ދަތުރު ފަތުރުގެ ޚިދުމަތް ދިނުމަށް ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފެއްދުމަށް ސޮއިވެސް ކުރެވުނެވެ. އަދި އެދޭތެރޭ ފެރީގެ ޚިދުމަތް ދިނުމަށް އެމްޕީއެލް އިން ޝައުގުވެރިކަން ވެސް ފާޅުކުރިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !