25 އޭޕްރީލް 2019 ( ބުރާސްފަތި )

banner

ހޭޒް ސުކޫލްގެ ދަރިވަރުން ހަރަކާތަކަށް ތައްޔާރުވެގެން. ފޮޓޯ: ހޭޒް ސުކޫލް ފޭސްބުކް ޕޭޖް

ހޭޒް ސުކޫލްގައި ކާބޯތަކެތީގެ މައުރަޒެއް ބާއްވަނީ

ފުވައްމުލަކު ހާފިޒް އަހްމަދު ސުކޫލް (ހޭޒް) ސުކޫލްގައި ކާބޯތަކެތީގެ މަރުކަޒެއް ހުކުރު ދުވަހު އޮންނާނެ ކަމަށް އެސުކޫލުން ވިދާޅުވެއްޖެއެވެ.
ހޭޒް ސުކޫލްގެ އިސްއޮފިޝަލަކު ވިދާޅުވީ ހުކުރު ދުވަހު މެންދުރު ފަހު 2 އިން ހަވީރު 6 އަށް ކުރިއަށްގެންދާ ކާބޯތަކެތީގެ މައުރަޒުގައި ގިނަ ބާވަތްތަކެއްގެ ކާބޯތަކެއްޗާއި މޭވާ އަދި ތަރުކާރީ ހެޔޮ އަގުގައި ލިބެން ހުންނާނެކަމަށެވެ. އަދި މިހަރަކާތް ކުރިއަށްގެންދަނީ ސުކޫލްގެ ދަރިވަރުންނާއި ބެލެނިވެރިން އަދި ސުކޫލްގެ ހުރިހާ މުވައްޒަފުން ގުޅިގެން ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު އެމްޖޭއެމް ސުކޫލްއިން ހިންގި ކާބޯތަކެތީގެ މައުރަޒާއި ޖަމްބަލް ސޭލް އިން ބައިލައްކަ އަށްވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ.
ސުކޫލްތަކުން ހިންގަމުން އަންނަ މިފަދަ ހަރަކާތްތަކަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާނހަގަ ކުރެވެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު