24 މާރިޗު 2019 ( އާދީއްތަ )

banner

ފުވައްމުލަކުން އަތުލައިގަނެވުނު މަސްތުވާތަކެތި ކަމަށް ބެލެވޭ ޕެކެތްތައް

މަސްތުވާތަކެތި ގެންގުޅުނުކަމުގެ ތުހުމަތުގައި 26 އަހަރުގެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ކަމަށް ބަލެވޭ ތަކެތި އަޅާފައި ހުރި 6 ޕެކެޓު ގެންގުޅުނުކަމުގެ ތުހުމަތުގައި އާދީއްތަ ދުވަހު ފުވައްމުލަކުން 26 އަހަރުގެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މީޑިއާއަށް ހާމަކޮށްފައިވާ ގޮތުގައި މިމީހާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އާދީއްތަ ދުވަހު ހަވީރުގެ ވަގުތެއްގައެވެ.
މިމައްސަލާގައި ހައްޔަރުކުރެވުނު މީހާ ދިރިއުޅޭ ތަން ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައި ވަނީ އޭނާ ދިރިއުޅޭ ކޮޓަރީގެ ފާޚާނާ ތެރޭގައި ހުރި ލޯވަޅަކުން ކަމަށް ފުލުހުން ބުނެއެވެ. މީނާގެ ބަންދުގެ މުއްދަތު މިހާރު ވަނީ 15 ދުވަހަށް އިތުރުކޮށްފައެވެ.

banner

ކިޔުންތެރިންގެ ޚިޔާލު