A wide advertisement which will be shown on all devices. (700 x 100)

ރޯދަމަހުގެ އެލަވަންސަށް ބަދަލު ގެނައުން- އާއްމުންގެ ޚިޔާލު

ގާނޫނު ހަދާ މަޖުލީހުގައި ކަންތައްތައް ދަނީ އެންމެންގެ ލާބައާއި މަންފާއަށްތޯ ސުވާލު އުފެދޭ!

ރޯދަމަހުގެ އެލަވަންސް އެންމެންނަށް ހަމަހަމަ ކުރަން ފެށި މަސައްކަތް ނިމެނީ ބިދޭސީ މަސައްކަތުމީހުންނަށް ކޮންމެހެން ދޭން ނުޖެހޭ އެއްޗެއްގެ ގޮތުގައެވެ. އަދި އަމއްލަ ކުންފުނިތަކުގެ މުވައްޒަފުންނަށް އެއްއަހަރަށް ފަހު ހަމހަމަކަން ލިބިދާނެ ކަމުގެ އުއްމީދާއެކުއެވެ. ދައުލަތުގެ ހުރިހާ މުސްލިމު މުވައްޒަފުންނަށް 3000 ރުފިޔާގެ ގޮތުގައި ކަމަށް ބެލެވެން ފަށައިފިއެވެ.
މިކަމާއި ގުޅިގެން އާއްމު ރައްޔިތުންގެ ވިސްނުން ހުރިގޮތް ބަލާލުން ވެސް އެންމެ ރަނގަޅު ކަމަށް ދެކެމެވެ.
މަޖީލުގައި ވާހަކަ ދެއްކި ސަރުކާރަށް ތާއިދުކުރާ މެންބަރުން ވިދާޅުވީ ސަރުކާރުން މިކަން ކުރަން ގަސްދުކުރީ ރޯދަމަހުގައި މަތީ ވަޒީފާތަކުގެ ވެރިން ހިފާ ރޯދަޔާ އާދައިގެ މީހުން ހިފާ ރޯދަޔާ ތަފާތެއް ނުވާ ކަމަށް ޔާމީނުގެ ސަރުކާރަށް ގަބޫލު ކުރެވޭތީ އެތަފާތު ނައްތާލަން ކުރާ ހަމަހަމަކުރުމެއް ކަމަށެވެ. މިހާރު މިވީ ގޮތުން ސަރުކާރުގައި މަސައްކަތް ކުރާ އެންމެން 3000 ރުފިޔާގެ ރޯދައެއް ހިފާއިރު އަމިއްލަ ތަންތާގައި މަސައްކަތް ކުރާ ގިނަ މީހުން މިހިފަނީ 2000 ރުފިޔާގެ ރޯދައެއް ކަމަށެވެ. މިހާކަށް ވަރަކަށް ހަމަހަމަ ކުރެވޭނީ… އާއްމު ރައްޔިތަކު ޚިޔާލު ފާޅުކުރިއެވެ.

“އިނާޔަތުގެ ވާހަކަ ފެށުނީ ރޯދަވެރިންނަ ހަމަ ހަމަ ކޮއް ދޭން ޖެހޭ ވާހަކައިން ނިމުނުއިރު ސަރުކާރު މުވައްޒިފުންނަ 3000 ޕްރައިވެޓް ތަންތަންގާއި މަސައްކަތް ކުރާ ގިނަ މުވައްޒަފުންނަ 2000 ރުފިޔާ އަދި ބިދޭސީ މުސްލިމް މީހުންނަ ކުންފުނިތަކަށް ފެންނަ ވަރަކަށް!؟ މީ ކޮން ކަހަލަ ހަމަހަމަ ކުރުމެއްތަ؟” ދިވެހިރައޔިތެއްގެ ޚިޔާލު ހުށަހަޅަމުން ބުންޏެވެ.

ސުބުޙާނަﷲ. މިއީ ކޮންކަހަލަ ބައެއްތަ؟ ބޭރު މީހުންނަށް ދިނުން އިޚުތިޔާރީއޭ! ތިޔައީ މިގައުމުގައި އުޅޭ ބަންގާޅު ރައްޔިތުންނަށް ބައެއް ކުންފުނިތަކުން ހިންގާ ނޭއްގާނީ އިންސާނިއްޔަތާއި ޚިލާފު ތަފާތު ކުރުން ދިވެހި ދައުލަތުގެ ފެންވަރުގައި ހިންގުމެވެ. ތިޔައީ ޖަރީމާއެކެވެ. ތަފާތުކުރުމުގެ ހުތުރު ޢަމަލެކެވެ. ރާއްޖެއިން އެއްބަސްވެފައިވާ ބައިނަލް އަގުވާމީ މުއާޙަދާތަކާއި ޚިލާފަށް އިންސާނުންގެ މެދުގައި ތަފާތުކުރުމެ ވެ. ދެން 3000 ދޭނަމަ، އިންތިޤާލީ ގޮތެއްގައި އަމިއްލަ ކުންފުނިތަކުން 2000 ރުފިޔާ އަށް ތިހެދީ މުވައްޒަފުްނގެ ރޯދައިގެ ފަރަގުން ހުންނާތީ ކަމަށް އެބޭފުޅުން ގަބޫލުފުޅު ކުރައްވާތީ ބާ؟” އެހެްނ މީހެއްގެ އުދާސްތައް ބޭރުކުރިއެވެ.

ޖުމްލަ ކޮށް ބަލާއިރު ތިގެންނަ ބަދަލުން ގިނަ މީހުންނަށް ލިބޭނީ ފައިދާތޯ ނުވަތަ ގެއްލުންތޯ އެނގެނީ ކާކަށްބާ؟ ސިވިލް ސަރވިސް އިން ބުނަނީ ކީކޭ؟ ފިނޭންސް ހެދި މޮޑެލިންގ ދައްކަނީ ކިހިނެއް؟ ހަމަ ސަރުކާރުން ކިޔާ އެއްޗެއް ގަބޫލުކުރީމަ އެނިމުނީބާ؟ ބައެއް މެންބަރުން ވެސް އެބަބުނޭ ސަރުކާރަށް ވާނީ ފައިދާއޭ!

މިސާލަކަށް އަހްމަދުގެ ދެމަފިރިންގެ މުސާރައިގެ ރޯދަ އެލަވަނސް ލިބެނީ ދިހަހާސް، ދެން މިހާރު 3000 ރު. ގެ ރޭޓްގައި ދިނީމަ ތޯ އަހްމަދު މެނަށް ގިނަވާނީ ނުވަތަ ކުރިން އޮތްގޮތަށް އޮތްނަމަ ތޯ އެންމެން ނަށް ވެސް އެނގޭނެ. ސަރުކާރުން ތިކުރާ ކަމަކީ އެންމެ އާދައިގެ މުވައްޒަފުންނަށް އެއްޗެއް ހޯދާ ދޭން އުޅޭކަން ދެއްކުން. އޭގެ ބަދަލުގައި އެމީހުންނަށް މަހަކު ލިބޭ މުސާރަ އެންމެ މަދުވެގެން މަހަކު ވަކި ވަރެއް ކަމަށް ކަނޑައަޅާއި ދިނިއްޔާ މާ ބޮޑަށް ވެސް އިންސާފު ގާއިމުވެގެން ދާނެ. އޭގެ ފަހުން ހަވާ އެރުވިއަސް އޯކޭ! އެކަކު ބުންޏެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !