22 ނޮވެމްބަރ 2018 ( ބުރާސްފަތި )

banner

އެޗްއާރުސީއެމްގެ މެމްބަރުކަމަށް ހިސްޓޯގެ ނަން ހުށަހަޅައިފި

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެމްބަރު ކަމަށް ހޮވުމަށްޓައި ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު ޝިފާގު މުފީދު (ހިސްޓޯ) ގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ. ހިސްޓޯގެ ނަން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވާފައި ވަނީ، ދިވެހި އެޗްއާރުސީއެމް ގެ ތިން މެމްބަރެއްގެ ދައުރު ހަމަވާތީވެ އެމަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ފޯމު ހުށަހެޅި 33 ފަރާތްތަކުގެ ތެރެއިން އެކޮމިޝަނަށް ހޮއްވަވައިދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާއެވެ.

އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކަމަށް ހޮއްވަވައި ދެއްވުމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވަވާފައިވާ އިތުރު 2 ފަރާތަކީ އައިޝަތު އަފްރީން މުހައްމަދުގެ އާއި އައިމިނަތު އީނާސް އެވެ.

އެމްޑީޕީގެ ޓިކެޓުގައި ކުރީގެ މަޖިލީހަށް ހޮވިވަޑައިގެންނެވި ޝިފާގަކީ ކުރިން ޕީޕީއެމް އާއި ޑީއާރުޕީ އާއި ދެކޮޅަށް މަޖިލީހުގައްޔާއި ސިޔާސީ ޕޯޑިއަމްތަކުގައި ރައްދު ދެއްވަމުން ގެންދެވި ކުޅަދާނަ ވާހަކަ ދެއްކުން ތެރިއެކެވެ. އެމްޑީޕީގެ ވެރިކަން ބަދަލުވުމާއި ގުޅިގެން ޕީޕީއެމް އަށް ބަދަލުވެވަޑައިގެންނެވުމަށްފަހު މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އޭނާ ޖޭޕީ އަށް ސޮއިކުރެއްވި އެވެ. އަދި، ފަހުން ވަނީ އަނެއްކާ ވެސް ޕީޕީއެމްއާ ގުޅިވަަޑައިގެންފަ އެވެ.
އަނެއް ދެބޭކަނބަލުންގެ ތެރެއިން އައިމިނަތު އީނާސް އަކީ އައްޑޫ ސިޓީ ކައުންސިލަށް ފޭދޫ ދާއިރާއިން ޕީޕީއެމް ޓިކެޓްގައި ވާދަކުރައްވައި ނާކާމިޔާބީ އާއި ކުރިމަތިލެއްވި ބޭކަނަބަލެއް ކަމަށް މައުލާުމާތު ލިބެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު