A wide advertisement which will be shown on all devices. (700 x 100)

މަންދު ކޮލެޖުގެ ދެވަނަ ސެމެސްޓަރުގައި ބައިވެރިވުމުގެ މުއްދަތު އިތުރު ކޮށްފި.

މަންދު ކޮލެޖު- އޮންލައިންކޮށް ކިޔަވައިދޭ

މިއަހަރު ދެވަނަ ސެމެސްޓަރަށް މަންދު ކޮލެޖުން ހުޅުވާލާފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ މުއްދަތު ޖޫން 18 އަށް އިތުރު ކޮށްފިއެވެ.
މިފަހަރު ހުޅުވާލާފައި ވާ ކޯސްތަކުގެ ތެރޭގައި ތަޢުލީމީ ދާއިރާ، ވިޔަފާރި ދާއިރާ، އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާ، ޤާނޫނީ ދާއިރާގެ ކޯސް ތައް ހިމެނެއެވެ. މަންދު ކޮލެޖުގައި މިކޯސްތަކުގެ ފައުންޑޭޝަން ލެވެލުން ފެށިގެން ޑިގްރީއާއި ހަމަޔަށް ވެސް ކިޔެވޭ ގޮތަށް ހަމަޖެހިފައި ވެއެވެ. މިކޯސްތަކަކީ އެމްކިއުއޭއިން އެޕްރޫވް ކުރެވިފައިވާ ކޯސްތަކެއް ކަމަށް މަންދުކޮލެޖުން މަޢުލޫމާތު ދެއްވައެވެ.

މަންދުކޮލެޖަކީ ދުރުންދޭ ތައުލީމުގެ ނިޒާމުވެސް އެކުލެވޭ ގޮތަށް ކުރިޔަށް ގެންދެވޭ ކޯސްތަކެކެވެ. މިކޯސްތަކުގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އަމިއްލަ ރަށުގައި ތިބެގެން އިންޓަނެޓް މެދުވެރިކޮށް ވެސް ކިޔެވޭނެ ގޮތް ހަމަޖެހިފައި ވެއެވެ. އުރީދޫ 3ޖީ ލިބޭ ކޮންމެ ރަށަކުން ވެސް ކުދިންނަށް އޮންލައިންކޮށް މިކޯސްތަކުގައި ކިޔެވޭނެއެވެ.
މިފަހަރުގެ ކޯސްތަކުގެ ތެރޭގައި ޑިޕްލޮމާ ފައުންޑޭޝަން ކޯހާއި ޑިގްރީ ފައުންޑޭޝަން ޑިޕްލޮމާ، ޑިގްރީ އިން ޓީޗިން އާއި ޑިޕްލޮމާ ޑިގްރީ އިން ބިޒިނަސް އަދި ޑިޕްލޮމާ ޑިގްރީ އިން އައޓީ ވެސް ހިމެނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !