25 އޭޕްރީލް 2019 ( ބުރާސްފަތި )

banner

ބިދޭސީންތަކެއް ފުވައްމުލަކުގައި މަސައްކަތްކުރަނީ؛ ފައިލް ފޮޓޯ

ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުން “ލީގަލައިޒް” ކުރުމަށް އެޤައުމުން އިލްތިމާސްކޮށްފި

ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތުމީހުން، ޤަވާޢިދަށް ފައްތައި އެމީހުންގެ ވާކް ވީސާގެ ކަންތައް ހަމަޖައްސައިދިނުމަށް ބަންގްލަދޭޝުން އިލްތިމާސްކޮށްފިއެވެ.
ބަންގްލަދޭޝްގެ ވެރިރަށް ދާކާގައި އޮތް ޑަބްލިޔޫއެޗްއޯ ރީޖަނަލް ސަމިޓްގެ ހަވާސާގައި، ވަގުތީ ހެލްތް މިނިސްޓަރ މުޙައްމަދު ނާޒިމާ ބައްދަލުކުރައްވައި މިކަމަށް އެދިވަޑައިގަތީ ބަންގްލަދޭޝް ހެލްތް މިނިސްޓަރ ޙުސައިން ރަޝީދެވެ.
“އެމީހުން (ޤަވާޢިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝް މީހުން) ލީގަލައިޒް ކުރުމަށް އެދުނިން. އަދި އެމީހުނަށް ހެލްތު އިންޝުއަރެންސް ދިނުމަށްވެސް އެދުނިން”. ޙުސައިން ރަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ ބިދޭސީ މަސައްކަތު މީހުންގެ އާބާދީގެ 70 ޕަސެންޓަކީ ބަންގްލަދޭޝް މީހުންނެވެ. އަދި ޤަވާޢިދާ ޚިލާފަށް ބިދޭސީން އުޅޭ މައްސަލައަކީ މިހާރު ބޮޑުވެފައިވާ މައްސަލައެކެވެ.
ޚަބަރު: ބީޑީނިއުސް24

banner

ކިޔުންތެރިންގެ ޚިޔާލު