A wide advertisement which will be shown on all devices. (700 x 100)

މިރޭ ފުވައްމުލަކުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފިރިހެނަކު ނިޔާވެއްޖެ

މިރޭ އެކުސިޑެންޓްގައި ނިޔާވި އަހްމަދު. ފޮޓޯ: އަހްމަދު ފޭސްބުކް ޕޭޖް

މިރޭ 9:50 ހެއްހާއިރު ފުވައްމުލަކު އެއަރޕޯރޓް ސަރަހައްދުގައި ހިނގި އެކްސިޑެންޓެއްގައި މެދު އުމުރުގެ ފިރިހެނަކު ނިޔާވެއްޖެއެވެ.
މިއެކްސިޑެންޓް ހިނގާފައިވަނީ ފުވައްމުލަކު ނާއިބު ތުއްތު މަގުން (ތާރު މަގުން) ހިނގާފައި ދިޔަ މެދު އުމުރުގެ ފިރިހެނެއްގެ ގައިގައި އެމަގުން ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ޖެހިގެންނެވެ. މިހާދިސާގައި މަރުވެފައި ވަނީ ފުވައްމުލަކު މާދަޑު މޫދުވިނަ އަޙުމަދު އަބްދުﷲ، 52 އަހަރެވެ. އޭނާއަކީ މާދަޑު މިސްކިތެއްގެ މުދިމެކެވެ.
ސައިކަލު ދުއްވަން އިނީ ޒުވާން ފިރިހެން ކުއްޖެއް ކަމަށާއި އަދި އެޒުވާނާގެ ބޮލަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބިފައިވެެއެވެ. އެކްސިޑެންޓްގައި ސައިކަލުން ޖެހި އަޙުމަދު 50 ވަރަކަށް ފޫތަށް ވިއްސައި ގެން ދިޔަކަމަށް ވެއެވެ. އެކްސިޑެންޓަށްފަހު ހަށިގަޑު ނެގި ތަނުގައި ގިނައަދަދަކަށް ލޭފައިބާފައި ހުއްޓެވެ.
މައުލޫމާތު ލިބޭ ގޮތުގައި މިއެކްސިޑެންޓް ހިނގީ އަޙުމަދު ނައިބުތުއްތު މަގުން ހިނގާލަން ގޮސް ބަދަރު ސަރަހައްދާއި ހަމަކޮށްފައި އެނބުރި އައިސް އެއަރޕޯޓް ސަރހައްދާއި ހަމަވެފައި ވަނިކޮށްނެވެ.
ސައިކަލް ދުއްވަން އިން 19 އަހަރުގެ ޒުވާނާގެ ބޮލަށް ވަރަށް ބޮޑެތި އަނިޔާތަކެއް ވެފައި ވެއެވެ. އަދި ސީރިއަސް ޙާލަތެއްގައި ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އެބަގެންދެއެވެ. އަދި މިރޭގެ ވަގުތެއްގައި އިތުރު ފަރުވާއަށް މާލެ ފޮނުުވާލުމަށް ތައްޔާރުވަމުންދާކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ.
ފުލުހުން ވަނީ އެކްސިޑެންޓް ހިނގި އެއަރޕޯރޓް ސަރައްދުން ތާރުމަގު ގައި ކޯން ޖަހާފައެވެ. އަދި ފުލުހުން އެސަރަޙައްދުގައި ހަރަކާތްތެރިވަމުން އެބަދެއެވެ.

ފުލުހުންގެ ތަހުގީގަތް އެކްސިޑެންޓްގައި ނިޔާވި އަޙުމަދުގެ އެކްސރޭއާއި ޓެސްޓް ސާމްޕަލްތައް ނެގުމަށްފަހު ހިނެއުމަށް ގެންގޮސްފިއެވެ. އަދި އަހުމަދުގެ ކަށުނަމާދު މިރޭ ދަންވަރު 2 ޖަހާއިރު ދިގުވާނޑު މަސްޖިދުލް ހިދާޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އާއިލާއިން ބުންޏެވެ.

ނައިބުތުއްތުމަގަކީ ބާރު ސްޕީޑުގައި ޒުވާން ކުދިން ސައިކަލު ދުއްވާމަގެކެވެ. އަދި ނުރައްކާތެރި ގިނަ އެކްސިޑެންޓްތަކެއް މިމަގުގައި އަންނަނީ ހިގަމުންނެވެ.

ދާދި ފަހުން ވަނީ ފުވައްމުލަކުގައި ސައިކަލް ސްޓަންޓް ޖެއްސުމުގެ ހުއްދަ ދީފައެވެ. އަދި ކޮންމެ ރެއަކުވެސް ބާރު ސްުޕީޑްގައި ސައިކަލް ދުއްވާކަން ފާހަނގަކުރެވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !